Support Us

އައްޑޫ ސިޓީ މީދޫ ނެޓްބޯޅަ މުބާރާތުގެ ފައިނަލަށް ޕޮލިސް ރެކްރިއޭޝަނާއި ހުޅުދޫ ޔޫތު ސެންޓަރު

އައްޑޫ ސިޓީ މީދޫގައި ކުރިއަށްދާ މުއައްސަސާތަކުގެ ނެޓްބޯޅަ މުބާރާތުގެ ފައިނަލަށް ޕޮލިސް ރެކްރިއޭޝަނާއި ހުޅުދޫ ޔޫތު ސެންޓަރު ހިނގައްޖެއެވެ.

ރޭ ކުޅުނު ސެމީގެ ފުރަތަމަ މެޗުން ޕޮލިސް ރެކްރިއޭޝަން މޮޅުވީ ޝަރީފީ ޕްރީ ސްކޫލްގެ ހުދުހުދު ޓީމާ ވާދަކޮށް 35-24 އިންނެވެ. ފައިނަލްގެ ފަހު ޖާގަ ހުޅުދޫ ޔޫތު ސެންޓަރު ކަށަވަރުކުރީ ސެމީގެ ދެވަނަ މެޗުގައި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ ޓީމު 31-27 އިން ބަލިކޮށްފައެވެ.

ޕޮލިސް ރެކްރިއޭޝަނާއި ހުޅުދޫ ޔޫތު ސެންޓަރު ވާދަކުރާ ފައިނަލް މެޗު އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެ ރެއެވެ.

ހުޅުދޫ މީދޫގެ މުއައްސަސާތަކަށް ހުޅުވާލައިގެން، މީދޫ އެކުވެރިންގެ ޗޭނުގެ ފަރާތުން ޖުމްހޫރީ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން މި މަހުގެ 11 ދުވަހު ފެއްޓި "އެމް.އީ.ސީ ބަދަހި ކަޕް 2020″ގެ ސެމީން ޖާގަ ނުލިބުމުން ސަދަން ޓްރާންސްޕޯޓް ލިމިޓެޑާއި ‎ފެނަކަ ކޯޕަރޭޝަނާއި އެސް.ޓީ.އޯ 164 އާއި ‎އެސް.ޓީ.އޯ ފާމަސީ އާއި ‎މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ޓީމު މާ ކުރިން ވަނީ މުބާރާތުން ކަޓައިފައެވެ.

މީދޫ އެކުވެރިންގެ ޗޭނުގެ ފަރާތުން ބުނިގޮތުގައި އެ ޖަމްޢިއްޔާގެ ފަރާތުން މި ފަދަ މުބާރާތެއް ރާވައި ހިންގުމުގެ ބޭނުމަކީ ހުޅުދޫ މީދޫ މުއައްސަސާތަކުގެ މެދުގައި އެކުވެރިކަން އާލާކޮށް ކުޅިވަރުގެ ރޫޙު ދިރުވައި، ހުޅުދޫ މީދޫ ޒުވާނުންގެ މެދުގައި އެކުވެރިކަން ބަދަހިކުރުމާއި، ޒުވާނުންގެ ހުނަރުތައް ދައްކާލުމުގެ ފުރުޞަތު ހުޅުވާލުމާއި، މުޖުތަމަޢުގެ ތެރޭގައި އިޖްތިމާޢީ ދުޅަހެޔޮކަން އިތުރުކޮށް ކުޅިވަރުގެ ރޫޙު އާލާ ކުރުމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *