މި ހިތާއި މޭ އަޅުދާސްވަނީ ރަޙްމާނުވަންތަ އިލާހަށޭ
މި ލޮލާ ކަރުނަ ބިރުވެތިވަނީ ޣައްފާރުވަންތަ އިލާހަށޭ
ފެންނަން މިހިރަ ނިޢުމަތްތަކަށް ކުޑަ ހިނދުކޮޅަކު ވިސްނައިލިޔަސް
ބިންފެހިވުމާއި ކަނޑާއި ވާރޭއަށް ފިކުރުހިންގައިލިޔަސް
ޙަމްދާ ޝުކުރު ފަށްފަށްވަނީ، ރައްޒާޤުވަންތަ އިލާހަށޭ
އަތްމަތި އެކީގައި ހުސްވިޔަސް، ވަންނާނެ ހިޔަލެއް ނެތި ވިޔަސް
އަތްވާއި ވާރޭގައި ވެވޭ މިންނެތް ޖިހާދެއްގައި ވިޔަސް
އަތް އުފުލަނީ އިތުބާރުގައި ވައްހާބުވަންތަ އިލާހަށޭ
ކުށްތަކުގެ އިސްރާފަށްޓަކައި، އެކި އިމްތިޙާނުތަކަށް ޓަކައި
ކުށްވެރިޔަކަށް ނުވިޔަސް މި ބިމުގައި އަންނަ ދަތި ޙާލަށްޓަކައި
ނިތްކުރި ލަނބާ ތިރިކޮށްލަނީ މަންނާނުވަންތަ އިލާހަށޭ
އޭ ދުޝްމަނާއޭ ބުނެދެމޭ އަހަރެން ވަށައިގެން ފާރަލާ
ރޭއާ ދުވާލާ މުޅި ޢުމުރު ނުނިޔަތްލުމާ އެކި ޙަސަދަލާ
ރޫޙާ މި ނަފުސު ތަބާވަނީ ޤައްހާރުވަންތަ އިލާހަށޭ