Support Us

އެފްރިކާ ސަރަހައްދުގެ ބައެއް ސަފީރުންނާ ޝާހިދު ބައްދަލުކުރައްވައިފި

އެފްރިކާ ސަރަހައްދުގެ ބައެއް ޤައުމުތަކުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރުންނާ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާހިދު މިއަދު ވަރޗުއަލްކޮށް ބައްދަލުކުރައްވައިފިއެވެ.

އ.ދގެ އާންމު މަޖިލީހުގެ ދެން އަންނަ ދައުރެއްގެ ރިޔާސަތު ކާމިޔާބު ކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ޝާހިދު މިއަދު ބޭއްވި ބައްދަލުވުމުގައި މިޞްރު، މޮރޮކޯ، ދަ ގެމްބިއާ، ރިޕަބްލިކް އޮފް ގިނީ އަދި ސެނެގާލްއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ޑިޕްލޮމެޓިކް މިޝަންތަކުގެ އެންމެ އިސްވެރިންގެ އިތުރުން ޓިއުނީޝިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަ ޑިޕްލޮމެޓިކް މިޝަން ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި ވެރިޔާ ބައިވެރިވެވަޑައިގަތެވެ. އަދި ދިވެހި ބައެއް ސަފީރުން ވެސް ބައިވެރިވެވަޑައިގަތެވެ.

ދިވެހިރާއްޖެއާއި އެފްރިކާގެ ޤައުމުތަކާއި އޮންނަ ޚާއްސަ ގުޅުމުގެ މައްޗަށް ފޮރިން މިނިސްޓަރ ޝާހިދު އަލިއަޅުއްވާލެއްވި ކަމަށް ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވެއެވެ. އަދި އޯ.އައި.ސީގެ މެމްބަރު ޤައުމުތަކުގެ ގޮތުން، މި ބައްދަލުވުމުގައި ބައިވެރިވި ޤައުމުތަކާ ދިވެހިރާއްޖެއަކީ އެއް ހަމަތަކަކާ އުސޫލުތަކެއް ޤަބޫލުކުރާ ޤައުމުތަކެއް ކަމަށް ޝާހިދު ވިދާޅުވި ކަމަށާއި އެކުވެރި ޤައުމުތަކުން ކޮވިޑް-19ގެ ޙާލަތުގައި ދިވެހިރާއްޖެއަށް ފޯރުކޮށްދިން އެހީތެރިކަމަށް މިނިސްޓަރ ޝުކުރު އަދާކުރެއްވި ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

މިއަދުގެ މި ބައްދަލުވުމަކީ ބޭރު ޤައުމުތަކުން ދިވެހިރާއްޖެއަށް ކަނޑައަޅާފައިވާ މަންދޫބުންނާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އިސްނަންގަވައިގެން ބާއްވަމުން ގެންދަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ބައްދަލުވުމެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *