Support Us

ހަސްތީ ގެ ފިނިފެންމާ

އަހަރެން ގެ ދޭ ތަޢުބީރަކީ ލޯބީގެ ފުން ތަސްވީރެކޭ
އަހަރެން ފުށުން ފެންނާނެނީ ހިނިތުން ވެފައިވާ މޫނެކޭ

ރީތީގެ ހުރިހާ ކުލަވަރެއް ހިބައިން މަށަށް ލިބިފައި ވެޔޭ
ވީތީ މި ނިޢުމަތް އެކުވެރީން ބަލަނީހަސަދަވެރި ބެލުމެކޭ

ފޮންޏޭ މަގޭ މުޅި ދިރިއުޅުން ވައިފަނުގެ ހުރި ތާޒާ ގުޅުން
ފިންޏާއި ހޫނަށް ހޭނުމީ އަހަރެން ގެ ހުންނަ މިޒާޖެކޭ

ބައްދަލުވެލާ ހިނދުގާ މަށާ އޭނާ ގެ ހިތް ހަދިޔާ ވެޔޭ
ރައްދު ގެ ގޮތުން މިހިތުގެ ވަފާ ދިނުމީ މަށަށް އޮތް އުފަލެކޭ

ކަތިނަޒަރަކުން ނަމަވެސް ލޮލާ ސީދާވި ނަމަ އޭނާ ގެ ލޯ
ކަތިވާނެޔޭ އެ ހިތާ މެޔާ ނުފިލާނެ އޭ ފުން ޒަޚަމެކޭ

ސީދާ ސަރާސަރު މަގުމަތީން ބައްޓަން ވެފައިވާ އުޅުމަކަށް
ސީދާ އިތުރު އަލިކަން ލިބޭ ތާއީދަކީ އީމާނެކޭ

އަހަރެން ގެ ހިތުގައި ނޯވެޔޭ އަނެކާ ގެ މައްޗަށް ނަފުރަތެއް
އަހަރެން ގެ ޙުރުމަތް ދަންނަ ނަމަ ލިބިދޭ އެއީ އިންސާފެކޭ

ގުޅިގެން އުޅެން ބޭނުން ވިއަސް ދަންނަން ތިބާ ލާޒިމު ވެޔޭ
ގުޅިފައި ހިތާ އަހަރެން ގެ ވާ ޖަޒުބާތަކީ އޮތް ޙައްޤެކޭ

ފަތުރާ ބަހުރުހިންދު ގެ މަތީ އަތުރާލެވުނު ފެހި މުތްތަކީ
ފިޠުރަތުގެ ހަދިޔާ ސިފަ ކުރާ ފިނިފެންމަލުގެ ތަޢުރީފެކޭ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *