ދިލާސާކަން ހިތަށް ލިބިދިން މުހައްބަތުގައި އަޅައިފިޔެ ކޫޑި
ކިލާކުލަ ޖެހި އެ ލޯބީގައި ހިތާ ހިތު ވިންދު ވެއްޖެޔެ ރޫޑި
އަގީދެއް މޮޅު ކަމަށް އަގުހުރި ދުށީ އަގުބޮޑު ކަމާ އެކުގައި
ހަގީގަތް ކަޝްފުވީމާ ފޫހި ވެއްޖޭ އަދު އެރީ ހިނދު މޫޑި
ހަވާގައި އުދުހިލަން އެކުގައި ރަނާ ޔާގޫތު ޒަބަރުޖުދާ
ޖަވާހިރުތައް އަތުން އެއްކުރި އެއީ އަދު ފެންނަ ފީ ފަންބޫޑި
އުފާތައް ހިތުގެ މާސިންގާ ފަޒާއިން ބީމިވީ އުމުރަށް
ނުފާޑަށް ޒާތު ހުރި ގޮތްފޮތް މިޒާޖާ ވީ ވަގުތު ގަދަ ރޫޑި
ތަދާ ވޭނާ އަޒާބުގެ ކަނޑުތެރޭ އަދު އޮވެ ފަތަން ޖެހުނީ
ލަދާ އިއްފަތުގެ ނަލަ ފޭރާމުގައި އެޅުމުންނެ އަދު ކަޅު ކޫޑި