ރާގަކަށް އައު ދޫނި ލަވައެއް ފުމެލިޔޭ
މާމުޔާ މިސްކާ ވާހާ ރަހަ ގުޅުވެޔޭ
ތާލުތައް ގުޅިގެން އެއައި އުސްލޫބަކުން
މާކުރިން އިވުނޭ އެލަވައެއް ހީވިޔޭ
ހިތުގެ ވިންދުން ލަވަ ކިޔަން ބޭނުން ވިޔޭ
ހިތުގެ އެދުމަށް ދޫ މުޅިން ނުކުޅެއްދިޔޭ
ބޭނުމީ ކިޔުމަށް ވަފާތެރި ލަވަ އެކޭ
އޭގެ އަޑު މާޒީ ވަނީ ގެންގޮސް ފަޔޭ
ފަނޑުވުމެއް ނެތި ދިން ވަފާ އަހަރެން ފުށުން
އަޑު އަހާ މަޖުނޫނު ލަދުވެތި ވާނެޔޭ
ފުހެލެވޭ ނަމައީ ތުނބުން ރާގެއް މަށަށް
ނުވެ ލަހެއް ސޯރު ގެ ރިހުން ފެތުރީސް މެޔޭ
އުފެދި ދާ ވޭނާ ތަދާ އެކުވާ ހުށީ
ނުފުދި އޮތް ހެޔޮ ހީވުމެއް ގެ ސަޒައި ގަޔޭ
ރޮއިލެވޭ ނަމައީ ލޮލުން އޮހޮރޭ ލެއިން
ކޯރުތައް ބިންތައް ފުރާ ދެމިލާނެޔޭ
ގެއްލި ދިޔަ އުންމީދު ތައް ކޯރު ގެ ތެރަށް
އެއްލުމުން އަބަދަށް ޓަކައި ގެނބިދާނެޔޭ
