Support Us

ޖުމްހޫރީ އުސޫލު

ރާގު: ތުޖޭ ޕިޔާރު ކަރުތީހެ ކަރުތޭ ރަހޭންގޭ

ފިލާވަޅު ވިމާތް ދީން މިއީ ދޭ މުސޫލޭ
ޚިލާފެއް ނުވާ އެންމެނަށް އެއް ޙުޞޫލޭ
ހިލާ ނެތް ފަރަގު ހިންގަނީ އޮންނަ ރޫލޭ
ވިލާޔަތުގެ ފުރިހަމަ މިއީ މޮޅު އުސޫލޭ

ފުށުން ރައްޔިތުން ބާރުތައް އަންނަ ފެށިގެން
މުށުން ގޮށް ނުވާ ވެރިޔަކަށް ބާރު ލިބިގެން
ހުރުން ހައްގު އިން އެންމެނަށް ވާނެއެނގިގެން
ކުށުން ނަމަ ކަމެއް ކުރި އަދަބު ދާނެ ލިބިގެން
ދުށުން ގައުމު އެދިގެން ގޮވާ މީ އުސޫލޭ

މޮޅެއް ނުވަތަ ދެރައެއް ނުވާނޭ ތަފާތެއް
ދޮނެއް އަދި ކަޅެއް ނުބަލައޭ ނަސްލު ޒާތެއް
ކޮޅެއްގައި ނުޖެހި ހައްގު ނޯވޭ ފަރާތެއް
މޮޅެއްގައި މެނޫނީ ނުގުޅުވޭނެ މާތެއް
އުޅެން އެންމެ ރުހެވޭ އަމާން މީ އުސޫލޭ

މަޢީޝަތުގެ މަގުތައް ޖެހޭ ފަހިވެ ހުޅެވެން
ޒަޢީމުން ޝަޢީފުން އެކީ ވާނެ އުޅެވެން
ރައީސުންގެ ދަނޑުގައި މަށަށް ވާނެ ކުޅެވެން
އައީމާ ޚިޔާލަށް ބަހެއް ވާނެ ބުނެވެން
ތައީދުން ހޮވޭ ހާކިމުން މީ އުސޫލޭ

މިއީ ލިޔެވިފައި އޮންނަ ގާނޫނު ގޮތަކީ
މިއީ ކަންކުރަން ކުރި ހުވައި ދެއްކި މަގަކީ
މިއީ ބާރުލައިފާ ކުރާ ވައުދު ތަކަކީ
މިއީ ގައުމު ތަހުޒީބު ވެސް ވާނެ ރޮނގަކީ
މިއީ ސާހިބުން އިހުގެ ދެއްކެވި އުސޫލޭ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *