ބިން ހިމާޔަތްކޮށް ތަންތަން އުންމީދީ ކުރިއެރުމަށަ
އިންގިލާބީ ބަދަލާ މަންފާއާ ފައިދާއަށަ
އިލްމު ފަތުރަން ކަނޑުގައި ފީނައި މޫތީ ހޯދަން
ހިލްމުގައި ގާބިލް ކުޅަދާނަ ދަރިން މޮޅު ނެރުމަށަ
ހައްގު ހައްގުގެވި މަގުން ގާނޫނީ ބާރުތަކުން
ޝައްކު ނުމެލައި ކަންކަން ސާފުމަގަށް ފަހި ކުރުމަށަ
ނަން ވިދާހެން ތަހުޒީބާއި ތަމައްދީ ރޮނގުގައި
ފަންނުތަކުގައި ހޭލައި ޖޯޝުމެ އާލާ ކުރުމަށަ
ދުނިޔެ ނުދެކޭ ދުވަހެއް ހަޅުތާލުން މިނިވަންވީ
އުނި މި ކަންކަން ދުނިޔޭން އަބަދަށް ހުރި ދުރުކުރުމަށަ
ޖާހު ޝާނާ ޝައުކަތު ހޯދައިދީ ހެޔޮ ގޮތުގައި
ޝާހުޒާދުންގެ އެ ހައިބަތު އިއްޒަތް ފޭކުރުމަށަ
ހޯދި މޮޅު އަރުތަ ޒަމާނީ ތަހުޒީބަށް ދެކިބަލަ
ނޯޅެޔޭ އައި ބޭނުން އެކަކަށް ވެސް ހަމަ މިތަނަށަ
ކުޅަ ސުވާލުން އުފެދުނު ޝައުގު ހިތުގެ ދަރުބާރުން
ގުޅަޔަކަށް ދެވެނު ޖަވާބޭ އެހެނަސް އެ ސުވާލަށަ
