ބިން ތަޣައްޔަރު ކުރުމަށްހޭ މިތިބީ އައިސް މިތަނަށް
އިންތިހާ ކުށްތަކުގައި ކަޅިވެ ހަވީރާ ހެނދުނަށް
ދެއްވުމުން ޢިލްމުތަކާ ފަންނުތަކާ މުއްސަނދިކަން
ގެއްލުމެއްހޭ ދޭންވީ ތަނުގެ އަމާނާ އަމްނަށް
ޙައްޤުތައް ފޭރި އަބުރުތައް ކަތިލައި ދާ ހިނދު ގައި
ޝައްކުވޭހޭ ހަމައަށް ރައްދު ލިބޭކަން ވަޒަނަށް
ނަންހިނގައި ޝުހުރަތުގައި މަގު އޮޅިދާ އިންސާނާ
ވަންނަވަން ވީމާހޭ ހޭވެރި ވާންވީ ގުދަނަށް
އެކި ޖަރީމާތަކުގައި ވަގުތު ނަގާލާ އިރުގައި
ދެކިލުމަށް ވިސްނަމުހޭ ދާން ޖެހިފައި އޮތް ދެ ތަނަށް
ޖާހު މަތިވެރި ކުރުމަށް ބާރުލަމުން ދާ އިރުގައި
މާ ލަހެއް ނުވެ ދާނޭކަން ނޭނގޭހޭ ކަފުނަށް
ނޯވެޔޭ އުނި އިތުރެއް ވާނެ ގޮތެއް ދެން ޢަމަލަށް
ހޯދުމަށް ނޫންތަ! އައީ ޒާދު ރަނގަޅުވީ މިތަނަށް
