Support Us

އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމާ ގުޅިގެން ބައިޑަން އަށް ރައީސް ސޯލިހު މަރުހަބާ ވިދާޅުވެއްޖެ

އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމާ ގުޅިގެން ޖޯ ބައިޑަން އަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހު މަރުހަބާ ވިދާޅުވެއްޖެއެވެ.


ރައީސް ސޯލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދެ ގައުމުގެ މަސްލަހަތު ހުރި ބައިނަލްއަގުވާމީ މައްސަލަތަކާއި ކޮވިޑް19 އާއި މޫސުމާ ބެހޭ ކަންކަމުގައި ބައިޑަން ސަރުކާރާ ގުޅިގެން މަސައްކަތް ކުރެއްވުމުގެ އުންމީދު އެބައޮތް ކަމަށެވެ.

މިހާރުގެ ރައީސް ޑޮލްނަޑް ޓްރަމްޕާ ވާދަކުރައްވައި ބައިޑަން އިންތިހާބު ކާމިޔާބު ކުރެއްވީ، ވައިޓް ހައުސް ކަށަވަރު ކުރެއްވުމަށް މަދުވެގެން ހޯއްދަވަން ޖެހިވަޑައިގަންނަވާ 270 އިލެކްޓޯރަލް ވޯޓުގެ ބަދަލުގައި، މިހާތަނަށް 284 ވޯޓުގެ ބޮޑު އަޣުލަބިއްޔަތެއް ހޯއްދަވައިގެންނެވެ. ޓްރަމްޕަށް މިހާތަނަށް ލިބިވަޑައިގަތީ 214 އެވެ.


މި މަހު ފަހުކޮޅު 78 އަހަރުފުޅު ފުރޭ ބައިޑަން ވެވަޑައިގެންފައި ވަނީ އެމެރިކާގެ ރައީސްކަމުގެ މަގާމަށް ވަޑައިގަންނަވާ އެންމެ ދޮށީ ބޭފުޅަކަށެވެ. ބައިޑަން އަކީ ކުރީގެ ރައީސް ބަރަކް އޮބާމާގެ ނައިބު ރައީސެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމާ ގުޅިގެން، ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ވަގުތީ ލީޑަރުގެ ހައިސިއްޔަތުން، ޕީއެންސީގެ ރައީސް އަބްދުއްރަހީމު އަބްދުﷲ ވެސް ވަނީ ޖޯ ބައިޑަން އަށް ތަހުނިޔާ ވިދާޅުވެ ޓްވީޓެއް ކުރައްވައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *