ފަރުބަދައިން އެދެވޭ ނިކަން އިތުބާރަކަށް
ހަރުދަނާވެ ބިމަށް ލިބޭ އާ ބާރަކަށް
ރޫޅިގެން އަށިތައް ނުދާނޭހެން އަޑީ
ނޯޅި ހިފަހައްޓައިލަދޭނެ ޤަރާރަކަށް
އޮހޮރުވާ ސައިލުން ބައެއް ޙާލާތުގައި
ނަހުރުތައް ބިމުގައި ހިނގާނެ، ބަހާރަކަށް
އަންނަ ހިނދަކުން ދުޝްމަނުން ބޭރުންއަރާން
ވަންނަ ދެމެދަށް ރައްކަލުގެ ބޯ ފާރަކަށް
ރަން، ޖަވާހިރު ދީލަތިވެ ހަދިޔާކުރާ
ތަން ތިޔާގިވެދާނެ މޮޅު ބާޒާރަކަށް
ކަން މިހެން އޮތް އިރު، ބައެއް ފަރުބަދަވެޔޭ
ބިން ފަނާކޮށްލާ އަނގުރު އޮލަ ކޯރަކަށް