Support Us

އެކުވެރިކަމުގެ ހަދިޔާ (2)

ޔޫސުބާ! ތިޔަގޭ ރިޔަލު ދޯންޏެއް މަށަށް ބޭނުންވެޔޭ
މޫސުމަށް އިރުވައި މަޖާކޮށްލާން އެޔަށް ބޭނުން ވެޔޭ

ރަށްރަށުން އެ ރަށަށް އައިސް އެ އުޅޭ ކުދީންގެ އުފާތަކަށް
ރަށްގޮނޑުން ދުއްވައި ހަދާން ދޯންޏެއް މިއަދު ބޭނުންވެޔޭ

މޫސަބޭގެ އެދުން ބޮލާލައި ނުޖެހުމަށް ވިސްނައި ހަދައި
ޔޫސުބްގެ ދެކުދީން އެ ދޯންޏާއެކު އެ ހިނދު ފޮނުވައިފިޔޭ

އެންމެ ފުރަތަމަ ވެސް ޖެހީ ރިޔަލުގެ ކުރީގައި އާ ނަމެއް
ދެއްޔަކުން ކަޅުރަތް، "ހަވާދު" ނަމެއް ކަމަށް ލިޔެފައިފިޔޭ

ބިޔަ ނުހަނު ބޮޑު އިޙުތިފާލެއް ބޭއްވިޔޭ މި ކަމަށްޓަކައި
ރިޔަލުގައި ދުއްވައިދިނުން ވުނަދާނައެއް ކަމުގައި ވިޔޭ

ހިތް ނުބައިކަން ވިސްނުނޭ ޔޫސުބްގެ ދެކުދީންނަށް ވަރަށް
"ހިތްމަތިން" ނަމަވެސް ޝުކުރުވެރި ބަސްކޮޅެއް ނީވުނުމެޔޭ

މޫސަ އެއްބަސް ވީ ފަދައިން އަހަރެއް ވެގެން ތިޔައިރުއެތާ
ޔޫސުބަށް ކޮޅުކެހި ދެމުން މުޅި ދޯނި "ޕަކަޅާ" ކޮށްލިޔޭ

އަތުލުމަށް ބުނެލީ ހިނދުން މޫސާބުނީ ފުރިހަމަ ލިޔުން
އަތުގަޔޭ މިއޮތީ، އެހެން މީހެއްގެ ހައްގެއް ނެތް މެޔޭ

އަދު "އަޒީ"ގެ ޝުޢޫރުތައް އެކި ގޮތްގޮތަށް ނެރެހާމަކޮށް
މަދު ނުވާހެން ފައުޅުކޮށްލީ، އެންމެނަށް ހެޔޮ އެދި މެޔޭ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *