ކޮވިޑް19 ޖެހިގެން 88 އަހަރުގެ މީހަކު މިއަދު މަރުވެ މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު 39 އަށް އަރައިފިއެވެ.
އެޗްޕީއޭ އިން ބުނީ މިއަދު މެންދުރުފަހު މަރުވި މީހަކީ ހުޅުމާލޭ މެޑިކަލް ފެސިލިޓީޒްގައި ފަރުވާދެމުން ދަނިކޮށް މަރުވި ފިރިހެނެއް ކަމަށެވެ.

އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ރާއްޖެއިން މިހާތަނަށް ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދަކީ 11،893 އެވެ. މީގެ ތެރެއިން 11،010 މީހުން ވަނީ ރަނގަޅުވެފައެވެ. ރާއްޖޭގައި މި ވަގުތު 838 އެކްޓިވް ކޭސް އެބަތިއްބެވެ. އޭގެ ތެރޭގައި ހޮސްޕިޓަލްގައި ތިބި 56 މީހުންނާއި އައިސޮލޭޝަން ފެސިލިޓީސްގައި ތިބި 185 މީހުން ހިމެނެއެވެ.
ކޮވިޑަށް އިއްޔެ ވަނީ 71 މީހުން ޕޮޒިޓިވްވެފައެވެ. އެއީ މާލެއިން 60 އަދި އަތޮޅުތެރެއިން 11 މީހުންނެވެ.
ކޮވިޑް19ގައި ރާއްޖެއިން މަރުވި މީހުންގެ އަދަދަކީ 39 އެވެ.



advertisment