މަޖީދީމަގު އިރުމަތީ ކޮޅުގައި ހުންނަ ތޫމް ރެސްޓޯރަންޓް ބަންދުކުރުމަށް އެތަނުން ބޭނުންކުރަމުންދާ ފިލާތަކެއް ވަގަށް ނަގާފައިވާ ކަމަށް ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލައާ ގުޅިގެން ދެ މީހަކު ހޯދުމަށް އެ މީހުންގެ ވީޑިއޯ ފުލުހުން އާންމުކޮށްފިއެވެ.
ފުލުހުން ބުނީ މި ވައްކަން ކޮށްފައި ވަނީ ހުސްވި އޮކްޓޫބަރު 3 ވަނަ ދުވަހުގެ ވަގުތެއްގައި ކަމަށެވެ.
މި ފިލާތައް އެރުވުުމަށް، މަގުމަތިން ދިޔަ ޕިކަޕެއް އެ ދެ މީހުން ހުއްޓުވާތަން ވީޑިއޯއިން ފެނެއެވެ.
"ވީމާ މި ދެ މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެމެވެ." ފުލުހުންގެ ބަޔާނެއްގައިވެއެވެ.



advertisment