Support Us

އެމްބެސަޑަރުކަމުގެ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ދަގަނޑޭ އާއި މުހައްމަދު ޒާޖީ އަދި ޑިޒައިނަރު އަޒުމަތު އިބްރާހިމް (ކ)

ދަގަނޑޭ ވެސް "މޯލްޑިވްސް ވޭވް"ގެ ބްރޭންޑް އެމްބެސަޑަރަކަށް

ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ އަތުކުރީ ގަޑީގެ ބްރޭންޑް ކަމުގައިވާ "މޯލްޑިވްސް ވޭވް"ގެ އެމްބެސަޑަރަކަށް ރާއްޖޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ހަމަޖައްސައިފިއެވެ. މި އަހަރުގެ ޖެނުއަރީގައި ތައާރަފުކުރި މި ގަޑީގެ ފުރަތަމަ އެމްބެސަޑަރަކަށް ޖުލައި 26 ގައި ހަމަޖައްސައިފައި ވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހިމެވެ.

"މޯލްޑިވްސް ވޭވް"ގެ އެމްބެސަޑަރުކަން ދަގަނޑޭއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރޭގައެވެ. ދަގަނޑޭއާއެކު އެއްބަސްވުމުގައި ސޮއިކުރީ މޯލްޑިވްސް ވޭވްގެ ފައުންޑަރު މުހައްމަދު ޒާޖީ އިސްމާއިލެވެ.

"މޯލްޑިވްސް ވޭވް"ގެ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ދަގަނޑޭ ކުރި ޓްވީޓެއްގައި ބުނީ ދިވެހިރާއްޖޭގެ ފުރަތަމަ އަތުކުރީގަޑީގެ ބްރޭންޑް އެމްބެސަޑަރަކަށް ވުމުން ވަރަށް އުފާކުރާ ކަމަށެވެ.