Support Us

ނޮވެންބަރު ތިނެއް! މީ ކޮން ދުވަހެއް؟

* ރާގު: ތުޖޭ ޕިޔާރު ކަރުތޭ ހެ ކަރުތޭ

ނޮވެންބަރު ތިނެއް އާދެ! ނަޞްރުގެ ދުވަސް މީ
ތޮޅެން އެރި އެބާޣީންނެ، ބަލިވީ ދުވަސް މީ
ރޮވެން ވެސް ރޮވޭ ހަނދުމަ އާވާ ދުވަސް މީ
ނޮވެންބަރު ތިނެއް އާދެ! ނަޞްރުގެ ދުވަސް މީ

ދިވެހި ޚާއިނުން ރޭވިގެން އައި ދުވަސް މީ
ދިވެހި ގައުމު ދިވެހީން އަރައި ހިފި ދުވަސް މީ
ދިވެހި ލެއިން ދިވެހި ބިން ކަޅިވެ ދިޔަ ދުވަސް މީ
ދިވެހި ޚާއިނުން އުފަލުގައި ތިބި ދުވަސް މީ
ދިވެހި ރައްޔިތުން ރޮއެ ޝަހީދުވި ދުވަސް މީ
ނޮވެންބަރު ތިނެއް އާދެ! ނަޞްރުގެ ދުވަސް މީ

ތަދާ ވޭން އެމާޒީން ގެނެސްދޭ ދުވަސް މީ
އަރައި ދިވެހި އޮނަވިހި ދަރީން މެރި ދުވަސް މީ
ނަގައިގެން ރަހީނުން ކަމަށް ހެދި ދުވަސް މީ
އަރައި ފޭރިގެން ލޫޓުވާ ހެދި ދުވަސް މީ
ވަށައިގެން ބޮމާ ބަޑި ޖަހައި އުކި ދުވަސް މީ
ނޮވެންބަރު ތިނެއް އާދެ! ނަޞްރުގެ ދުވަސް މިީ

ޒުވާން ބަޠަލު ގައުމުން ޝަހީދުވި ދުވަސް މީ
ފުރާނާތްވި ޤުރްބާން ހަނދާންވާ ދުވަސް މީ
ދުޢާ ކޮށް ޙުސެން އާދަމަށް "އޮތް ދުވަސް މީ"
ނުބައި ޚާއިނުން ބަލި ކުރެއްވެވި ދުވަސް މީ
ދުޢާކޮށް އަމާންކަން އެދެންވީ ދުވަސް މީ
ނޮވެންބަރު ތިނެއް އާދެ! ނަޞްރުގެ ދުވަސް މީ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *