ފަޚްރުވެރި މިނިވަންކަމުން ފެންނާކަށެއް ނެތް ކުރިމަގެއް
ރަޙުމު ނެތް އަޅުވެތި ކަމުގެ ކޮޅުމަތި މެނޫނީ ދެން ގޮތެއް"ކަނޑުގެ ސަރަހައްދުގެ ތެރޭއޮތް ދާދިކުޑަ ހިކިފަސްތަނެއް"
ކަނޑުގެ ގާނޫނާ ޚިލާފަށް އައިސް ހިފަން ކޮށި އަލި މަގެއް

ހާލުގައި ޖެހިފައި ތިބީމާ ލާރިކޮޅު ދިއްކޮށް ލަމުން
ޕާލަ މެންޓަށް ވެދެ އެތާ ތަގްރީރު ކުރުމުގެ ފުރްސަތެއް
އެއް ޒަމާނެއްގައި އައިސް ގަދަ ބާރުދައްކާ އެރިޔަކަސް
ދެން މިއަދު ބޮޑު ގޭޓު ހުޅުވާފައި މި އެރުވީ ދަޢުވަތެއް
ޢަދުލު ވެރިކަން ވެސް މިތާ އިސްލާހު ކުރުމުގެ ނަންމަތީ
ޢަދުލު އިންސާފުގެ ތެރަށް އަތް ބޭނުމަށް އޮތް ޙުއްޖަތެއްއައްސިދާ ގައި ފެންފޮދެއް މިބިމަށް ނުވެހި ހަނަފަސް ވެފައި
"އައްސިދާގެ ފަހުން ބުރުނު ނަކަތުން އެނގޭނޭ ވާގޮތެއް"

ޙާލަތެއް ބަދަލެއް ނުވޭ އެކަމަށް ބަޔަކު ނޭދެން ޏަކާ"
ޙާލަތަށް އައި ބަދަލަކީ ކުރެވޭ ވަރަށް ހިތި ތަޖްރިބާއެއް
"މިއަދު ގައުމަކު ނެތް އުތީމު ތިންބެއިންނާ ދަންޑަހެލު
މިއަދު ނެތް މިތަނަކު އަބުލް ބަރަކާތު ޔޫސުފު ބަރުބަރީއެއް"

ދެން އޮތީވެސް ހަމަ ދުޢާކޮށް ދެންނެވުން ﷲ އަށް،
ދެއްވުމަށް އެދިގެން މިގައުމަށް ރޯޝަނީ މުސްތަގުބަލެއް