ވިސްނިޔަސް ގައުމާ މެދަށް ނިކަމެތި އަޅާ ފަދަ ޝާޢިރަކު
ގިސްލިޔަސް އެކަމާ މެދަށް ވާނޭ ކަމެއް ނެތް ހާލަތަކު
ޝާޢިރަށް އޭނާގެ ދެލޮލަށް ފެންނަ މަންޒަރު ފެންނަހެން
ގާއިދުންނަށް އިސްވެ ތިބި ނުފެނޭ އެ ހެން އެއްވެސް އިރަކު
ވަގުތުތައް ޝާޢިރު ހިތަށް ވައްދާނެ ރިހުމުގެ އަސަރުތައް
މަގު އެހެން ހުއްޓަސް ހަގީގަތް ހާމަވާން އެ އޮތީ ފޮތަކު
ފިކުރަކާއި ސިޔާސަތެއް ކަނޑައެޅި ބަޔާންވެވި ރޭވިގެން
ހިކުމަތާއި ތަސައްވަރޭ އޮތް ހާމަ މިވަނީ ޚިދުމަތަކު
ޝާޢިރުގެ މަގުޗާޓުގައި މާތައް ފަރިވެ ފޮޅުނަސް ހެމުން
ގާއިދުންގެ ތަސައްވަރޭ ވިދަނީ ޖަވާހިރު މުތްތަކަކު
ބާރު ހުރިހެން ހީވިޔަސް އަސަރާއި ވިންދުގެ ލަފުޒުގައި
ބާރު ދެމި ހުންނާނެނީ ފިކުރުން ނެރޭ އުންމީދުތަކު
ޚުސްރުވާނީ ދިން އެ ޝަރުބަތު ނެތް ބޮވޭކަށް ތިޔަ މަގުން
ހުސް ޚިޔާލީ ވިސްނުމާ ޖަޒުބާތު ކެކުނަސް ހިތްތަކަކު