ލަކުޑި ތަކުގެ ނަން ކިޔަމާ ލަކުޑި ފަކުޑި ދަސްކުރަމާ
ފަކުޑި އަކީ ފެހިބަހެކޭ މާނަ ވަކިން ނޯންނާނޭ
މިސާލަކަށް ދަތުރު ފަތުރު ހަމަ އެފަދައިން ޚަބަރު ދަބަރު
ދިވެހި ބިމުން ލަކުޑި ހެދޭ ރިވެތި ނިކަން ނަން ކިޔެޔޭ
ފުނަ ކާންޏާ ދަނބު ހުރެއޭ ހިރުދު ކަނޑޫ ބުރެވި ހުރޭ
ހެލެނބެލި ހިތި މޫނިމަލާ ބެރެބެދި ކިނބި ނިކައަޅޮލާ
ބޯށި މަދޮށި ބޮޑު ކަނޑުލާ ބޮޑަވަކި ކަނދު ކުދިކަނޑުލާ
ކަހަރުވަކާ ބަނބުކޭލާ އަނބު ދިއްގާ ސައްކޭލާ
އުނި މިދިލިން މަތިކަން ލާ ކުރެދި ކޮށާ އިޅި ލިސްލާ
ބޮޑު ދުނބުރިން ފިލާ ހެދޭ ތަކަފަތި ފައިވައް ކަމުދޭ
މަރުގަސް މާ މަދުން ހެދޭ ޅޮސް ކަމަކަށް ކަމަކުނުދޭ
ލާމިގަހުން ލާމި ހޮވޭ ކުއްޅަވަކަށް ދެކޮޅު އޮވޭ
ރުއް ވަކަރޭ ރުއް ވަކަރޭ ކިޔާ ނިރޮޅު މީ ވަކަރޭ
އޮޑި ބަންނަން މޮޅު ވަކަރޭ ގޮނޑި މޭޒަށް ނަލަ ވަކަރޭ
ގޭ ފަށި ތޮނަ ލާ ވަކަރޭ ވަސް ފައިދޮށް ލާ ވަކަރޭ
