ލޭގެ ވިންދާ ގުޅޭ ތާލު ގަޑުބަޑު ވަނީ
އޭގެ މިއުޒިކު ކުޅޭ ރާގު އަޑުމަޑު ވަނީ
ލޯބި އުތުރޭ ހިތުން ކޯދުލައި ފޯދުމުން
ހޯދި ލޯބީގެ މާ މޯޅި ހޭ އަދު ވަނީ
ރޭރު ނުވުމަށް ހިލާ އޭރު ބުނި ބަސް މިލާ
މޭރުމަށް އައި ގޮތާ މާނަ ހޭ ގެއްލުނީ
ގަންދެމުން ކުރި ހުވައި ނަން ދެ އިގުރާރު ގައި
ތަންދެމުން ހޭ ތެތަށް އަޅެ އުވައި ލައްވަނީ
ރަނގަޅު ނުބައަށް ވެފާ ރީތި ހުތުރަށް ވެފާ
މަގުގެ މިސްރާބު ހޭ ފަހެ އޮޅޭ ގޮތް ވަނީ
ފޮނުވި މެސެޖެއް ހިތުން އޮޅުނު ގޮތަކުން އަތުން
ކޮނުނު ކަށްވަޅުގެ ހޭ ތުންމަތީ ތިޔަ ވަނީ
ހާދަ އަސަރެއް ކުރޭ ލާ ރަހައިން އަރުތެރޭ
މާދަމާ ވާނެ ގޮތް ކާކު ހޭ ބުނެދެނީ
