Support Us

ލިޔުންތެރިޔާ: އަހުމަދު ޙާފިޒު

މަސްވެރިކަމުގެ ދާއިރާގައި އުމުރުން 19 އަހަރުގައި މަސައްކަތް ކުރައްވަން ފެއްޓެވި އަހުމަދު ޙާފިޒު، އެ ދާއިރާގައި 25 އަހަރު ޚިދުމަތްކުރައްވާފައިވެއެވެ. މަސްވެރިކަމުގެ ދިރާސާ މަސައްކަތްތައް ރާއްޖޭގައި ފެއްޓުމުގައި އަމަލީ ގޮތުން ހާފިޒު ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި ދިވެހިރާއްޖޭގައި އުޅޭ މަސްމަހާމެހީގެ މައުލޫމާތު ދިރާސާ ކުރައްވައި، މަސްމަހާމެހީގެ މައުލޫމާތު ހިމެނޭ ފޮތްތަކެއް އޭނާ ޝާއިއު ކުރައްވައިފައިވެއެއެވެ. މަސްވެރިކަމުގެ ދާއިރާއިން ހޭލުންތެރިކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ އިނާމާއި މަސްވެރިކަމަށް ޚިދުމަތް ކުރުމުގެ ރޮނގުން އާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ޙާފިޒަށް ލިބިވަޑައިގެންފައިވެއެވެ. އަދި ދުނިޔެއަށް މުޅިން އަލަށް، ރާއްޖެއިން ފެނުނު މަހަކަށް ހާފިޒްގެ ނަމާ ގުޅުވައިގެން ނަން ދީފައިވެއެވެ.