
ގައުމީ ލެޔާއި ވިންދާ ހަށިގަނޑު ތެރޭ ހިނގާތީ
ގައުމީ ދިފާޢު ގައިވެސް ނުތެދުވެ ތިބެން ނުވާތީ
ޤައުމެއްގެ ސިފަ ގެނެސްދިން ގައުމީ އެތައް ދަރީންނެއް
ގައުމީ އެ ދަފްތަރުން އަދު ކުލަ ފަނޑު ވަމުން އެދާތީ
ގައުމަށްޓަކާ މިބިމުގައި ހަނގުރާމަކުރި އެ ބަޠަލުން
ގައުމަށް ކުރެއްވި ޚިދްމަތް ޒިކުރާ ނުވެސް ކުރާތީ
ގައުމާއި ދީން ޙިމާޔަތް ކޮށްދެއްވި "ތިން ތަކުރު" ވެސް
ގައުމަށް ގެނައި އަމާން ކަން ނާމާން ކަމަށް ފެށޭތީ
ތާރީޚުގައި އޮތަސް އަދު ޣާޒީން ކުރެއްވި ޚިދްމަތް
ތާރީޚު ގައި އެ ޞަފްޙާ ތައް ވީދެމުން މިދާތީ
މާޒީވެ ދިއަ ޝަހީދެއް ޣާޒީ ޙުސައިނު އާދަމް
"ބާޣީން މިނަންފުޅެއް އަދު" ބޭނުން ނުވެސް ކުރާތީ
ގައުމަށް ލިބުނު އަމާންކަން މިނިވަން ކަމެއްގެ ތެރެއިން
އަޅުވެތިކަމަށް ބަދަލުވާން ދޫކޮށް ތިބެން ނުވާތީ
