Support Us

"މާޒީ"ގެ މަޤުޞަދު

"މާޒީ"ގެ މަޤުޞަދަކީ، ތެދޭ، ޚިދުމަތްތަކެއް ޤައުމަށް ކުރުން
ރަޙުމަތްފުޅާ އެކު، ރައްޔިތުން ހޭލެއްވުމަށް މިންނަތްކުރުން

މަދަނިއްޔަތާ ޢިލްމީ ގޮތުން، ޤައުމިއްޔަ މަތިވެރި ރޫޙުގައި
މަދަރީންގެ ހިތްތައް މި ރޮނގުގައި މުއްސަނދިކުރަން ޚިދުމަތްކުރުން

އެކި ދާއިރާތައް ދީނުގައި ހުރިކަން ހަނދާންކޮށް ވިސްނަމުން
ހެކިވާނެހެން މިއަދުގެ ދަރީން ދީނީ ރޮނގުން މުއްސަނދިކުރުން

ބަހުގައި ދިވެހި ހުރި ހަމަތަކާ މުއްސަނދި ގަވާއިދުތައް ވަކިން
އަހުރެންގެ ކެރިކުޅަދާނަކަން ހުރި މިންވަރުން އަންގައިދިނުން

ޖުމުލައިގެ ރޭވުންތެރިކަމާ، ބޭނުންކުރާ ކުށް ބަސްތަކާ
އަމުނައި ތަފާތު ޢިބާރަތުން ލިޔެ ހާމަކޮށް ވިސްނައިދިނުން

އައިބައިފިލީގެ އުޞޫލުތައް ބޭނުންކުރާ އެކި ހަމަތަކާ
ގައިމުވެ ޔަޤީން ވެސް ވާވަރަށް އެކި ގޮތްގޮތަށް ބުނެވެސްދިނުން

ހުސްނޫނު ބޭނުންކޮށް އުޅޭ ހަމަތައް ވަކީން ބުނެވެސްދެމުން
"ދުސްތޫރު" (ބަހުގެ އަސާސްތައް) ތަފުޞީލުކޮށް އަންގައިދިނުން

ހުރުމާ އޮތުން، އިނުމާ މިފަދަ ހަމަތައް އެހެން ވެސް ބުނެދެމުން
ޙުރުމަތް އަދާކުރަމުން، ބަހުން ބަސްމޮށެ އުޅެން ދަސްކޮށްދިނުން

މަދަނިއްޔަތުގެ މޮޅު ހުނަރަކުން ޢިލްމީ ގޮތެއްގައި ފެންދެމުން
ވަޠަނިއްޔަތުގެ ގިނަ ގަސްތަކެއް ހެއްދޭ ގޮތެއް ވޭތޯ ބެލުން

ފޮތްތެރިކަމާ، އަދަބީ ސަގާފީ އެންމެހައި ކަންތައްތަކާ
ފޮތްތެރިކަމަށް ދޭންވާ ޤަދަރު، އެންމެން ހިތަށް ވައްދައިދިނުން

ރާއްޖޭގެ ލޮބުވެތި އެންމެހައި އިޚުވަތްތެރީންނަށް ހެޔޮ ހިތުން
ނޭނގޭ އެތައް ކަންތައްތަކެއް ދަސްކޮށްދެވޭތޯ ވެސް ބެލުން

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *