ގައުމެއްގެ ޢިލްމީ ގަސްތަކެއް ހައްދައި ރުވާނީ ޓީޗަރުން
ގައުމެއްގެ ޖީލެއް ކުރިމަގަށް ފަރުމާކުރާނީ ޓީޗަރުން
ގައުމުގެ ދަރީންނަށް ހަލި މަގަށް ޢިލްމާއި ހެޔޮ އަޚްލާގުގައި
ތަރުބިއްޔަތާ ތަހްޒީބުގައި މަގު ދައްކަދޭނީ ޓީޗަރުން
ޢިލްމާއި ޙިލްމުގެ ފަންނުގައި ގައުމިއްޔަ ލޯތްބާ ކުލުނުގައި،
ވިންދާއި ލޭގެ ގްރޫޕް ގައި ކުލަޖައްސަދޭނީ ޓީޗަރުން
މައިންނާ ބަފައިންނާ މުޖްތަމަޢު މައިވަންތަ ލޯތްބާ އަދިކުލުނު
ޙާސިލްވަނީ ދައްކާ ރިވެތި މަގަކުން ޔަގީނޭ! ޓީޗަރުން
ގައުމީ ކަލަންޑަރުގައި މިއަދު ފާހަގަ ކުރައްވާފައި އެވާ
ގައުމީ މުނާސަބަތެއްގެ މަތިވެރި ރަމްޒަކީ ހަމަ ޓީޗަރުން
ގައުމާއި ވަޠަނުގެ ޙައްގުގައި ޙުއްބުލްވަތަންގެ ރޫޙުގައި
ގައުމީ ދަރީންނަށް ކުރިމަގަށް ދޭ ވެކްސިނެއް ތިޔަ ޓީޗަރުން
ޅަދަރީންގެ ހުރިހައި ބެލެނިވެރި އެންމެންގެ ލޯތްބާ ހެޔޮދުޢާ
އަދަބާ އެކީ އޮހެމުން ދަނީ އަރިހަށް އަބަދުވެސް ޓީޗަރުން
