ކޮންމެ ދޮރަކުން ވަދެ ނިކުމެވޭ ހިތުގެ ފަރުދާ ކަޝްފުވޭ
ކޮންމެވެސް ހަރަކާތަކުން މިތުރާ ހިތަށް ދެން ސޫރަވޭ
ކުރިމަތިން ތަސްވީރު ހީވޭ ކުލަޖެހޭހެން ފާޅުގައި
ކުރިއަދާ ލޯބީގެ ހަދިޔާ ދެން ހަނދާނަށް ސިފަވެވޭ
ފުރަގަހުން ހީވޭ ހިލަން ވާހެން ކުލުނުވެރި ފިޔަވަޅުން
ބުރަތަކުން ޚިދުމަތުގެ ހިނިތުންވީ ޒަމާން ދެން ހަނދުމަވޭ
އެކަހެރީ މަޖުބޫރު ގައި ދާ ވަގުތުތަކުގައި ވަކިވެގެން
އެކަނި މާއެކަނިން އަމާނާތް އުފުލާ ބުރަގޮތް އަގުވެވޭ
ނުދެކެމޭ ދުވަހަކު ވަފާތެރިކަން މެނޫނީ ޢަމަލަކުން
އުދުހެމުންނާ ފިރުކެމުން ގުނީ ރޭދުވާ ފަރަގެއް ނުވޭ
ގުދުރަތުގެ މާތް މަހުކަމާ އިން އަޒަލުގައި ކަނޑައެޅި ނިޔާ
އަދުވުމުން ތަންފީޒު ދެން ކެތްތެރި ވިޔަސް ދެލޮލުން ރޮވޭ
ނާދެއޭ ބަދަލެއް ހަނދާންތަކަކަށް ނެތަސް ފެންނަން ލޮލަށް
ވާރެޔާ އަތްވާ ޒަމާން އެ ހަނދާންތަކުން ފުރި ބާރުވޭ
ލޭގެ ހަރަކާތަށް ހަލުއި ކަމަކާ އެއައި އިހުސާސަކުން
މޭގެ ފުންފިރުމުންތަކުން އެ ހަނދާންތަކަށް އެބަ ބޮސްދެވޭ
