Support Us

ގިސްލެވެނީ ޙާލާމެދު

ރާގު: އިސްބަރީ ދުނިޔަ މެ ކޯއީބި ހަމާރާ ނަ ހުވާ…

ގިސްލަނީ ގައުމު މިއޮތް ޙާލު އެނގޭތީ ރޮވިފާ
ވިސްނުމާ ފިކުރު ކޮޅުން ލާވަރު ޙާލެއް ޖެހިފާ

ދުންޔަވީ އެދުމުގެ ދަހިވެތިވި މަޅީގައި ޖެހިގެން (2)
މުޅި މިޤައުމާއި ވަތަން އަޅުވެތިވާ ތަން ފެނިފާ (2)
ގިސްލަނީ ގައުމު މި…

ހާދަ ބަތަލުން މިބިމުން ހާދަ ޖިހާދެއް ކޮށްގެން (2)
ހާދަ މިނިވަން ކުޅަ ގައުމެއްގެ މިޙާލަތު ފެނިފާ (2)
ގިސްލަނީ ގައުމު މި…

ރަޙުމު ނެތް ބަޔަކު އަތުން ގައުމު ކަފުން ކޮށްލާފާ (2)
ވަޅުލުމަށް ޤަބުރު މި ސަންދޯކު އަޅާތަން ފެނިފާ (2)
ގިސްލަނީ ގައުމު މި…

ރަމްޒު ކޮށްދޭ މިނިވަން ދިވެހި ނިޝާން ވިހުރިނުލާ (2)
އަޅުވެތިވެ އޮޅު އެޅިގެން ތާށިވެ ދާތަން ފެނިފާ (2)
ގިސްލަނީ ގައުމު މި…

މިބިމުގައި އުފެދުނު ބަޠަލުން އެގެނައި މިނިވަންކަން (2)
މިއަދު އަޅުވެތި ކަމަކަށް ބަދަލުވެ ދާތަން ފެނިފާ (2)
ގިސްލަނީ ގައުމު މި…

އަދު ނެތޭ "ތިން ތަކުރު ދަންޑެހެލާ" ދުނިޔޭގާ (2)
އަދު މިތާ ޚާއިނުނަށް ގައުމު ވިކޭ ތަން ފެނިފާ (2)
ގިސްލަނީ ގައުމު މި…

ޔާ އިލާހީ! މިބިމާ ގައުމު އަމާންކޮށް ދެއްވާ (2)
ޚާއިނުން ބާރު މިގައުމުން ނެތިދިއުމަށް އެދިފާ (2)
ގިސްލަނީ ގައުމު މި…

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *