ސަރުކާރުގެ 2.0 ގެ ލަނޑުދަނޑިތައް ޙާޞިލުކުރުމަށްޓަކައި އޮންލައިން ޕްލެޓްފޯމް "ވަންގަވް" އަދި "އީފާސް" އިން ޚިދުމަތް ހޯދޭ ގޮތަށް އެމް.ޑަބްލިޔު.އެސް.ސީގެ އީ-ޕޯޓަލް މިއަދު ލޯންޗުކޮށްފިއެވެ.
"މި ބަދަލާއެކު، ކަސްޓަމަރުންނަށް ރައްކާތެރިކަމާއި ފަސޭހަކަމާއެކު، އަމިއްލަ ޕްރޮފައިލެއް ހެއްދެވުމަށްފަހު، ޚިދުމަތްތަކަށް އެދި ހުށަހެޅުއްވުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން، މި ޕޯޓަލްއަށް ލޮގިންވެ ވަޑައިގެންނެވޭނީ "އީފާސް" މެދުވެރިކޮށެވެ. ކަސްޓަމަރުންނަށް ކުންފުނީގެ އީ-ޕޯޓަލް (https://eportal.mwsc.com.mv/login) މެދުވެރިކޮށް ފަސޭހަކަމާއެކު ޚިދުމަތްތަކަށް އެދިލެއްވޭނެއެވެ." އެމް.ޑަބްލިޔު.އެސް.ސީން ބުނެއެވެ.
"އައު ޕޯޓަލް މެދުވެރިކޮށް ޚިދުމަތްތަކަށް އެދިލައްވާނެ ގޮތުގެ މަޢުލޫމާތު ފޯރުކޮށްދިނުމަށް ޚާއްޞަ ޓިއުޓޯރިއަލް ވީޑިއޯތައް ކުންފުނީގެ މީސްމީޑިއާ (ސޯޝަލް މީޑިއާ) މަންސަތަކުގައި ހިއްސާކުރެވެމުންދާނެއެވެ. މީގެ އިތުރުން، ޕޯޓަލް ބޭނުންކުރެއްވުމުގައި އެއްވެސް ދަތިކަމެއް ދިމާވެއްޖެނަމަ، ނުވަތަ އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، ކުންފުނީގެ ހޮޓްލައިން 1575 އަށް ގުޅުއްވުމުން އެހީތެރިކަން ލިބިވަޑައިގަންނަވާނެއެވެ."
އެމް.ޑަބްލިއު.އެސް.ސީގެ އަމާޒަކީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ކަސްޓަމަރުންނަށް ވީހާވެސް އަވަސް އަދި އިތުބާރު ހުރި ޚިދުމަތްތަކެއް އަބަދުވެސް ފޯރުކޮށްދިނުން ކަމަށް އެ ކުންފުނިން ބުނެއެވެ.



advertisment

