Support Us

"ވަރަ އެކްސްޕޯ"ގައި އެޗްޑީސީ: ކިޔަވާ ކުދިންނަށް ޚާއްސަ

ވަޒީފާ އާއި ތައުލީމު ހޯދަން ބޭނުންވާ ކުދިންނާއި، ވަޒީފާދޭ ފަރާތްތަކާއި، މަތީ ތައުލީމު ދޭ މަރުކަޒުތަކާއި، ފަންނީ ތަމުރީނު ދޭ މަރުކަޒުތައް އެއް ތަނަކަށް ގެނައުމުގެ މަގުސަދުގައި މިއަދު ފެށި "ވަރަ އެކްސްޕޯ 2026″ގައި އެޗް.ޑީ.ސީގެ ސްޓޯލް މިފަހަރު ހާއްސަކޮށްފައި ވަނީ ކިޔަވާ ކުދިންނަށެވެ.

މިއަދުން ފެށިގެން އަންނަ ހޮނިހިރުގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްދާ މި އެކްސްޕޯގައި އެޗް.ޑީ.ސީގެ ފަސް ޑިޕާޓްމަންޓެއްގެ ސްޓޯލް ހުރެއެވެ.

"މީގެ މައިގަނޑު މަގުސަދަކީ ހުޅުމާލޭގެ ތަރައްގީއާއި، ކެރިއަރ ފުރުސަތުތަކާއި، ފަންނީ އަދި ސަގާފީ ހުނަރުތަކާ ގުޅޭ މައުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމެވެ." އެޗް.ޑީ.ސީން ބުނެއެވެ.

"މި އެކްސްޕޯގައި މި ކޯޕަރޭޝަނުން ހުށަހަޅާ އެންމެ ޚާއްސަ ކަމަކީ ކިޔަވާ ކުދިންނަށް ޚާއްސަ "އެކުވެހި" ދައްކައިލުމެވެ. މި ގޮތުން، މި ކޯޕަރޭޝަންގެ މާކެޓިން ސްޓޯލްގައި "އެކުވެހި"އާ ގުޅޭ ގިނަ މައުލޫމާތުތަކެއް ހިއްސާކުރުން ކުރިއަށްދާނެއެވެ. މީގެ އިތުރުން ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކަށް އެކުވެހި ބަލައިލުމުގެ ފުރުސަތު ދިނުމާ އެކު، އެކުވެހީގެ ކަންކަމަށް އާއްމުންގެ ހިޔާލުހޯދުން މިސްޓޯލުން ކުރިއަށް ގެންދާނެއެވެ.

"މީގެ އިތުރުން، ހިއުމަން ރިސޯސަސް ސްޓޯލްގައި އެޗްޑީސީގެ ކެރިއަރ މަގުތަކާއި، ބޭނުންވާ ހުނަރުތަކާއި، ކުރިއެރުމުގެ ފުރުސަތުތަކާ ގުޅޭގޮތުން މައުލޫމާތު ދޭނެއެވެ. އަދި، ޒިޔާރަތްކުރާ ފަރާތްތަކަށް ޚާއްސަ އިންޓަރެކްޓިވް ވީލް، ޓްރީވިއާ، ކުއިޒް އަދި ލަކީ ޕްރައިޒް ފަދަ އާންމުންނަށް ބައިވެރިވެވޭ ހަރަކާތްތައް ހިންގާނެއެވެ.

"އަދި ގްރީނިން ޑިޕާޓްމަންޓްގެ ސްޓޯލް މެދުވެރިކޮށް ހުޅުމާލޭގެ ލޭންޑްސްކޭޕިންގެ ފަހަތުގައިވާ އަމަލީ އަދި އިންޖީނިއަރިން ސަބަބުތަކާ ގުޅޭ މުހިންމު މައުލޫމާތު ފޯރުކޮށްދޭނެއެވެ. މީގެ އިތުރުރުން ސެންޓްރަލް ޕާކް ސްލޮޓްގެ ތެރޭގައި ގަސް އިންދުމުގެ މަސައްކަތްތަކާއި، ލައިވް ހޯޓިކަލްޗަރ ހަރަކާތްތައް ވެސް ކުރިއަށްގެންދާނެއެވެ.

"ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން އެންޑް މެނޭޖްމަންޓް ޑިޕާޓްމަންޓްގެ ސްޓޯލްގައި ތާޒާ ފަން ބޭނުންކޮށްގެން އެއްޗެހި ލެންބުމާއި ކެފުމުގެ އުކުޅުތައް ދައްކައިލުމާއި، ވިޔެގެން އެއްޗެހި އުފެއްދުމުގެ ސަގާފީ ހަރަކާތް ކުރިއަށް ގެންދާނެއެވެ. އަދި، މި ހަރަކާތުގެ ތެރެއިން އުފައްދާ ތަކެތި ހަދިޔާއެއްގެ ގޮތުގައި، ޒިޔާރަތްކުރާ ފަރާތްތަކަށް ލިބޭނެއެވެ.

"ކާޕެންޓްރީ އެންޑް ވެލްޑިން ޓީމުގެ ސްޓޯލްގައި މޯލްޑިވްސް އެކްސްޕޯގައި ބޭނުންކުރި ބޯޓާއި ޑްރެޖަރ ދައްކާލައި، ޓެކްނިކަލް އަދި ފަންނީ ހުނަރުތައް ދައްކައިލާނެއެވެ."

މި އެކްސްޕޯގެ ތެރެއިން އެކުވެހީގެ އިތުރުން ވެސް އެޗް.ޑީ.ސީގައި އާންމުންނަށް ހުރި ފުރުސަތުތަކާ ގުޅޭ ގިނަ މައުލޫމާތުތަކެއް ލިބޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *