ވެރިކަން ކުުރާ ނިޒާމުން ގައުމަށް މޮޅެެއް ލިބޭހޭ؟
ގައުމީ ލެޔެއް ހުރިއްޔާ ވިސްނާކަށެއް ނުވޭހޭ؟
ދުނިޔޭގެ އެންމެ ހެޔޮދީން ގައުމުން ބަލައިގަތީއްސުރެ
އުނިކަން އެއަށް ލިބޭފަދަ ކަންކަން އިހަށް ކުރޭހޭ؟
އެއް އުއްމަތެއްގެ ވަޙުދަތު ފުނޑުފުނޑުވެގޮސް މިތާނގައި
އެއްތަށިމަތީ ކެވޭފަދަ ގުޅުމެއް މިއަދު އެބޮތްހޭ؟
ވެރިއެއް ބޮޑެއްގެ ގަދަރެއް ނެތްހާލަތަށް މިތަންގޮސް
ކެރިގެން ކަމަށް ހިތައިގެން ކިޔަމަންވެ ބޯލަނބާހޭ؟
ވާރޭ ވެހޭ މިސާލަށް ފައިސާ ތަނަަށް މި އޮހުނަސް
ވާރޭގެ ސައިލު ފަދައިން ދެމިގެން ދަރަނި ނުދޭހޭ؟
ދައުރެއް ހިނގައި ނިމޭއިރު ބިލްގޭޓްް ފަދަ އެ ބޮޑުންތައް
ގައުމުގެ އެކަކު މިތާނގައި ނުޖަހައި ސަލާން އުޅޭހޭ؟
އެބައެއްގެ ހާލަތާމެދު އެބަޔަކު ނުވިސްނިނަމަ ދެން
އެބައެއްގެ ހާލަތަށް ހެޔޮ ބަދަލެއް އައުން އޮވޭހޭ؟
