Support Us

އެލް ނީނޯގެ ސަބަބުން ފިޖީގައި ގައުމީ ކާރިސާގެ ހާލަތު

އެލް ނީނޯގެ ސަބަބުން ފިޖީގައި ގައުމީ ކާރިސާގެ ހާލަތު އިއުލާންކޮށްފިއެވެ.

މި ދިޔަ ބުދަ ދުވަހު މި ކަން ކަނޑައެޅީ ޕެސިފިކް ކަނޑުގެ އެ ޖަޒީރާ ގައުމަށް ހަނަފަސްކަން ކުރިމަތިވެ، ފެނުގެ ދަތިކަން މުޅި ގައުމުގައި ބޮޑުވުމުންނެވެ.

ވާރޭ ނުވެހުމާއި ހޫނު ގަދަވުމުގެ ސަބަބުން މުޅި ގައުމަށް ފެނުގެ ތަދުމަޑުކަން ކުރިމަތިވުމާ ގުޅިގެން ގައުމީ ކާރިސާގެ ހާލަތު އިއުލާންކުރެއްވީ ބޮޑުވަޒީރު ސިތިވެނީ ރަބޫކާއެވެ.

އޭނާވަނީ ކުއްލި ހާލަތުގައި ފެން ފޯރުކޮށްދިނުމަށާއި އަސަރުކޮށްފައިވައި މުޖުތަމައުތަކަށާއި ދަނޑުވެރިންނަށާއި ނައަމްސޫފި ގެންގުޅޭ ފަރާތްތަކަށް އެހީތެރިވުމަށް 20 މިލިއަން ފިޖީ ޑޮލަރު (8.5 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 130.9 މިލިއަން ރުފިޔާ) ކަނޑައަޅުއްވައިފައެވެ.

"މުޅި ފިޖީގެ އާއިލާތަކުންވަނީ ފެން ލިބުމުގެ ދަތިކަމާއި ދިގުލައިދިޔަ ހޫނު ގަދަ ދުވަސްވަރުގެ ސަބަބުން އެ މީހުންގެ ދުވަހުގެ ދިރިއުޅުމަށްކުރި އަސަރުތަކާމެދު ކަންބޮޑުވެފައި،" ރަބޫކާ ވިދާޅުވިއެވެ.

"ދަނޑުވެރިންވަނީ އެ މީހުންގެ ގޮވާމާއި ނައަމްސޫފިތަކާމެދު ކަންބޮޑުވެފައި. އަދި ހާއްސަކޮށް އެކަހެރި ސަރަހައްދުތަކާއި ރަށްތަކުގެ މުޖުތަމައުތަކުގެ ފެނުގެ ސަޕްލައިއަށްވަނީ ދަތިކަން ފޯރައިފައި،" އޭނާ އިތުރަށް ވިދާޅުވިއެވެ.

ސަރުކާރުން މިހާރުވެސްވަނީ މިހާރުވެސް އަސަރުކޮށްފައިވައި ރަށްތަކަށް ދެ މިލިއަނަށްވުރެ ގިނަ ލީޓަރުގެ ފެން ކުއްލި ހާލަތުގައި ފޯރުކޮށްދީފައެވެ.

ފިޖީގެ މޫސުމީ އިދާރާއިން ލަފާކުރާ ގޮތުގައި އަންނަ އަހަރުގެ އެޕްރިލްއާ ހިސާބަށް ވާރޭ ވެހޭނީ އާންމުކޮށް ވެހޭ މިންވަރަށްވުރެ މަދުންނެވެ. އަދި ގައުމުގެ ބޮޑު ބަޔަކަށް ދުވާލުގެ ވަގުތުތަކުގައި އާދަޔާ ހިލާފަށް ހޫނުމިން މަތިވާނެކަމަށްވެސް އެ އިދާރާއިން ލަފާކުރެއެވެ.

ދުނިޔޭގެ މޫސުން ލަފާކުރާ އެމެރިކާގެ ކްލައިމެޓް ޕްރެޑިކްޝަން ސެންޓަރުން އަންދާޒާކުރާ ގޮތުގައި އަންނަ އަހަރުގެ ޖެނުއަރީ އާއި މާޗްއާ ދޭތެރޭ ބާރު ގަދަ ނުވަތަ ވަރަށް ބާރު ގަދަ އެލް ނީނޯއެއް ކުރިމަތިވުމުގެ 79 ޕަސެންޓަށްވުރެ މަތީ ފުރުސަތެއް އެބަ އޮތެވެ.

އޮސްޓްރޭލިއާއިން ބުނީ މި އަހަރުގެ އެލް ނީނޯއަކީ ވޭތުވެދިޔަ 70 އަހަރު ތެރޭގައި ކުރިމަތިވި އެންމެ ބާރުގަދަ އެއް އެލް ނީނޯއަށްވެދާނެކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް