ރާގު: ކައުސާހިބާގެ މާތްވީ…
ދީނޭ މިމާތްވި އިސްލާމް ސީދާ މަގަށް ގޮވާލީ
ޝިރުކާ ކުފުރުގެ ބިންގާ ގުޑުވައި މުލުން އެލުހެލީ
ދީނޭ މިމާތްވި އިސްލާމް…
ހަމަޔާއި ލަމަ މިބިމުގައި ނެތިދިޔަ އެ ކޮންމެ ހިނދަކުން
ރުސުލުންގެ ސިލްސިލާއިން މާތް ބޭކަލަކު ވިދާލީ
ދީނޭ މިމާތްވި އިސްލާމް…
ރޫމާއި ފުރުސު ބިމުގައި ފަތުރާލި ބިޔަވި ރަސްކަން
ބަައްރުން ހިޖާޒު އެނުކުތް ލަސްކަރުގެ ބާރުދަށުލީ
ދީނޭ މިމާތްވި އިސްލާމް…
ޢަދުލުގެ ހިޔާ ބިމަށްދޭ ބިޔަ ގަސްތަކުން ފުރާލީ
ރުސުލުންގެ ސާހިބާ މާތް އުންމަތް ތަކުން ވިދާލީ
ދީނޭ މިމާތްވި އިސްލާމް…
