އިނާމަކަށް 25,000ރ. ލިބޭ "ސްވައިޕް.ސްޕެންޑް.ވިން." ޕްރޮމޯޝަން ބީއެމްއެލް އިން ފަށައިފިއެވެ.
މި ޕްރޮމޯޝަނަކީ ކަސްޓަމަރުންގެ ވިޔަފާރިތަކަށް "ސްވައިޕް" ވޮލެޓުން ފައިސާ ދެއްކުމުން އިނާމު ހޯދުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮމޯޝަނެއް ކަމަށް ބީއެމްއެލް އިން ބުނެއެވެ.
އިއްޔެ ފެށި މި ޕްރޮމޯޝަން ކުރިއަށްދާނީ ޑިސެންބަރު އެކެއްގެ ނިޔަލަށެވެ. މި މުއްދަތުގެ ތެރޭގައި، މި ޕްރޮމޯޝަންގައި ބައިވެރިވާ މާޗަންޓްތަކުން ވިޔަފާރިކޮށް، ސްވައިޕް މެދުވެރިކޮށް ފައިސާ ދައްކާ ކަސްޓަމަރުންގެ މެދުގައި ކޮންމެ ހަފުތާއަކު ގުރުއަތު ނެގުމުގެ އިތުރުން، ޕްރޮމޯޝަން ނިމުމުން ހޮވޭ އިނާމުގެ ނަސީބުވެރިޔާއަށްވެސް 25,000ރ. ދިނުމަށް ވަނީ ހަމަޖެހިފައެވެ.
"ކޮންމެ ހަފުތާއަކު ހޮވޭ ފަސް ނަސީބުވެރިންގެ ތެރެއިން ކޮންމެ މީހަކަށް 1,000ރ.ގެ ފައިސާގެ އިނާމު ލިބޭނެއެވެ. ޖުމްލަ ހަތަރު ހަފުތާގެ މަތިން ނެގޭ ގުރުއަތުލުންތަކުގައި 20 ފަރާތަކަށް އިނާމު ހޯދުމުގެ ފުރުސަތު އޮންނާނެއެވެ. މީގެ އިތުރުން، ހަފުތާގެ ނަސީބުވެރިންނަށްވެސް ކުރިއަށް އޮތް ހަފުތާތަކުގެ ގުރުއަތުލުމުގަ އާއި ގްރޭންޑް ޕްރައިޒް ކާމިޔާބު ކުރުމުގެ ފުރުސަތު އޮންނާނެއެވެ." ބީއެމްއެލް އިން ބުނެއެވެ.
މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ، ބައިވެރިވާ މާޗަންޓެއްގެ އަތުން ސްވައިޕް ބޭނުންކޮށްގެން އެއްފަހަރާ 500ރ. ނުވަތަ އެއަށްވުރެ މަތީ އަދަދެއްގެ މުއާމަލާތެއް ކޮށްގެންނެވެ.
މި ޕްރޮމޯޝަނާ ގުޅޭ އިތުރު މައުލޫމާތާއި، ބައިވެރިވާ މާޗަންޓުންގެ ލިސްޓު ބޭންކުގެ ވެބްސައިޓް އިން ލިބެން ހުންނާނެއެވެ.



advertisment

