ވަގުތަކީ ނުމެހުއްޓި އަބަދުމެ ހިނގަހިނގާ ހުރި އެއްޗެކޭ
އަގުދިނަަސްް ފާއިތުވެދާ ހިނދުކޮޅު ލިބެންނެތް އެއްޗެކޭ
ދިގުމިނުގެ ނަންތައް ވަޒަންކުރުމަށް އެތައް ނަންތައް ކިޔޭ
ހިނގުމުގައި ވޭތުވެ ފަހަށްދާ ބައިގެ ނަން ގިނަ އެއްޗެކޭ
އެންމެ ދަށްމިންވަރު ސިކުންތުކަމަށް ކިޔޭބައި ގުނަވެގޮސް
އެންމެ ދިގުބައި ސާސްކަފުގެ ނަންވެސް ހިމެނިދާ އެއްޗެކޭ
މިނިޓު، ގަޑި، ދުވަހާއި ހަފްތާ މައްސަރާ އަދި އަހަރުވެސް
މިނިޓުތަކަކުން ގުނަވެސްގޮސް ގަރުނަށް ފޮރޮޅިދާ އެއްޗެކޭ
ދުނިޔެވީ މިޙަޔާތުގައި އެއްވެެެސް އަގެއްނެތި ވަގުތުތަައް
އުނިވެދާން ދޫކޮށްލުމުގެ ހިތިރަހަ އަރުންދޭ އެއްޗެކޭ
ގަނޑުފެނުގެ ކިޔުބެއް ވިރޭހެން ފްރިޖަކުން ނެރުމާއެކީ
މަޑުނުޖެހި ފާއިތުވެ ގަޑިތައް ހުސްވެގެންދާ އެއްޗެކޭ
ބުއްދިވެރިޔާ ގެއްލިގެން ވަގުތެއް ހުހަށް ދޫކޮށްނުލައި
ހުއްދައިމުގައި ލާބަ ގިނަގުނަ ހޯދަމުންދާ އެއްޗެކޭ
