ށ. ފުނަދޫ އާއި މިލަންދޫ ސްކޫލްގެ އަންހެން ދަރިވަރުންނަށް އައިސީޓީއާ ބެހޭ މައުލޫމާތު ބީއެމްއެލް އިން ދީފިއެވެ. މިއީ އަންހެން ދަރިވަރުންނަށް ހާއްސަކޮށްގެން ބީއެމްއެލް އިން ކޮންމެ އަހަރަކުވެސް ހިންގަމުން އަންނަ ޕްރޮގްރާމެކެވެ.
ބީއެމްއެލްގެ ޓެކްނޮލޮޖީ ޑިވިޜަންގެ 10 އަންހެން މުވައްޒަފުންގެ ޓީމަކުން ފުނަދޫ ސްކޫލާއި އމިލަންދޫ ސްކޫލްގެ ގްރޭޑް 7 އިން 10އާ ދެމެދުގެ އަންހެން ދަރިވަރުންނަށް ހާއްސަކޮށްގެން ބޭއްވި ސެޝަންތަކުގައި ދަރިވަރުންނަށް އައިސީޓީ ތައާރަފްކޮށްދީ، ޓެކްނޮލޮޖީ ދާއިރާގައި ހުރި ވަޒީފާގެ ފުރުސަތުތަކާ ބެހޭގޮތުންވެސް މައުލޫމާތު ވަނީ ދީފައެވެ.
"މި ހަރަކާތަކީ އިންޓަނޭޝަނަލް ގަރލްސް އިން އައިސީޓީ ޑޭ ފާހަގަކުރުމުގެ ގޮތުން، ޓެކްނޮލޮޖީ ދާއިރާއިން ތައުލީމާއި ވަޒީފާގެ ފުރުސަތުތަކަށް އަންހެން ކުދިން ޝައުޤުވެރިކުރުވުމުގެ މަގުސަދުގައި ބީއެމްއެލްއިން ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ ހަރަކާތެކެވެ. މިއީ މި ޕްރޮގްރާމް ޖެހިޖެހިގެން ބާއްވާ ހަތަރު ވަނަ އަހަރެވެ." ބީއެމްއެލްއިން ބުނެއެވެ.



advertisment

