Support Us

އެޗްޑީސީ މުވައްޒަފުން ލޭ ހަދިޔާކުރުމުގެ ކޭމްޕެއް ފަށައިފި

"ބްލަޑް ބޭންކަ"ށް ލޭ ހަދިޔާކުރުމަށް އެޗްޑީސީ މުވައްޒަފުން މިއަދު ބްލަޑް ކޭމްޕެއް ފަށައިފިއެވެ.

އެޗްޑީސީއާއި މޯލްޑިވިއަން ބްލަޑް ސާވިސް (އެމްބީއެސް) ގުޅިގެން މިއަދު ކުރިއަށްގެންދާ މި ބްލަޑް ކޭމްޕަކީ، އެޗްޑީސީ ސްޓާފުންގެ ފަރާތުން ބަލްޑް ބޭންކަށް ވީހާވެސް ގިނަ ލޭ ހަދިޔާކޮށް ބަލްޑް ބޭންކަށް ބޭނުންވާ ލޭ ހޯދައިދިނުމަށް އެޗްޑީސީ ސްޓާފުންގެ ފަރާތުން އެހީތެރިވުން ކަމަށް އެޗްޑީސީން ބުނެއެވެ.

އެގޮތުން މިއަދުގެ ހެނދުނުން ފެށިގެން ހަވީރަށް ކުރިއަށްގެންދާ މި ބްލަޑް ކޭމްޕަކީ، މެޑިކަލް ޗެކަޕާއެކު އެޗްޑީސީގެ ހުރިހާ ސްޓާފުންނަށް ލޭ ހަދިޔާކުރެވޭ ގޮތަށް ކުރިއަށްގެންދާ ހަރަކާތެއް ކަމަށް ވެސް އެޗްޑީސީން ބުނެއެވެ.

މިއަދުގެ ހަރަކާތާ ގުޅޭގޮތުން، އެޗްޑީސީ ސީއެސްއާރުގެ އެސިސްޓެންޓް ޑިރެކްޓަރު ހަސަން ޝަހީދު ވިދާޅުވީ، ބްލަޑް ބޭންކުގައި ލޭ މަދުވެފައިވާކަމުގެ މައުލޫމާތު މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ފަރާތުން ލިބުމާ ގުޅިގެން ކުރިއަށްގެންދާ މި ބްލަޑް ކޭމްޕަށް އެޗްޑީސީގެ ވަރަށް ގިނަ ސްޓާފުންގެ އެއްބާރުލުން ލިބެމުން އަންނަ ކަމަށެވެ. އަދި ބްލަޑް ބޭންކަށް ދިމާވި ލޭގެ ދަތިކަން ހައްލުކުރުމަށް މިއަހަރުގެ ޖެނުއަރީ މަހުވެސް އެޗްޑީސީން އިސްނަގައިގެން ބްލަޑް ކޭމްޕެއް ކުރިއަށްގެންގޮސްފައިވާ ކަމަށާއި އަމާޒަކީ މިއަހަރުގެ ތެރޭގައި އަދިވެސް މިފަދަ އިތުރު ކޭމްޕެއް ކުރިއަށްގެންދިޔުން ކަމަށް އޭނާ ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *