ރަޝިޔާގެ ސަކަލީން ޖަޒީރާގެ ވަލުތެރެއަށް ގެއްލުނު އުމުރުން 79 އަހަރުގެ މީހަކު ނުވަ ދުވަސް ފަހުން ސަލާމަތްކޮށްފިއެވެ.
ރަޝިޔާގެ ކުއްލި ހާލަތްތަކާ ބެހޭ ވުޒާރާ، މިނިސްޓްރީ އޮފް އެމަޖެންސީ ސިޓުއޭޝަންސްއިން ބުނީ ނީކަލައި ޓީމަފީވީޗް ޒީލްޔަކޮފް ހޯދުނުއިރު އޭނާ ހުރީ "އެއްކޮށް ގައިން ވަރުދޫވެފައި" ކަމަށެވެ.
"ހުރިހާ ކަމެއް ކުރިމަތިވުމުން ވެސް އޭނާ ސަލާމަތްވި،" އެ ވުޒާރާއިން ބުންޏެވެ.
ޒީލްޔަކޮފް ގެއްލުނީ މި މަހު ހައެއްގައި މަސް ބާނަން ދިޔަތަނާއެވެ. އެ ކަމުގެ ސަބަބުން ކުއްލި ހިދުމަތް ދޭ ޓީމުތަކާއި ވޮލަންޓިއަރުން އޭނާ ހޯދަން ފޮނުވިއެވެ. އޭނާ ފެނުނީ ޕިލެވްފްކާ ކޯރު ކައިރީގައި ހުއްޓައި މި ދިޔަ ބުދަ ދުވަހުއެވެ.

ރަސްމީ އިދާރާތަކުން ބުނީ ބޯ ޖަންގަލީގެ ގަސްތައް ކަނޑައިގެން ނިކުމެ ސަލާމަތްވާން މަސައްކަތްކުރި ނަމަވެސް އޭނާއަށް އެ ކަން ކާމިޔާބުނުވީ ކަމަށެވެ.
ޒީލްޔަކޮފް ސަލާމަތްކުރުމަށްފަހު އޭނާ ވަނީ ސްޓްރެޗަރުގައި ގެންގޮސް، އޭނާއަށް ފެން ބޯން ދީފައެވެ.
އޭނާ ސަލާމަތްކުރުމުގައި މަސައްކަތްކުރި އެންމެނަށް އޭނާގެ ދަރިފުޅު ވްލަޑިމިއަ ވަނީ ޝުކުރު އަދާކޮށްފައެވެ. ބައްޕަ ސަލާމަތްވިކަން ވްލަޑިމިއަ ސިފަކުރީ "މުއުޖިޒާތެ"އް ގޮތަށެވެ.
މީޑިއާގައި މިހާތަނަށް ކޮށްފައިވާ ރިޕޯޓްތަކުގައި ޒީލްޔަކޮފްގެ ކޮމެންޓެއް ހިމަނައިފައެއް ނުވެއެވެ.



advertisment