Support Us

ނުސީދާ ވާހަކަތަކަށް އީރާނާއި އެމެރިކާގެ މަންދޫބުން ގަތަރުގައި

ނުސީދާ ވާހަކަތައް ބޭއްވުމަށް އީރާނާއި އެމެރިކާގެ މަންދޫބުން މިއަދު ގަތަރަށް ހިނގައްޖެއެވެ.

އީރާނާއި އެމެރިކާގެ ވަފުދުގެ ދެމެދުގައި ނުސީދާ ވާހަކަތައް ކުރިއަށްގެންދަން ހަމަޖައްސައިފައިވަނީ ގަތަރުގެ އޮފިޝަލުން މެދުވެރިންގެ ދައުރު އަދާކޮށްގެންނެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ މި ބައްދަލުކުރުމަކީ "ފަހަރުގައި މުހިންމު" ބައްދަލުވުމަކަށްވެދާނެކަމަށާއި އޭނާ ބޭނުންވެވަޑައިގަންނަވަނީ މި މަޝްވަރާތައް ފުޅާ ދާއިރާތަކަށް އަލިއަޅުވާލާށެވެ.

ނަމަވެސް އީރާނުން ބުނީ އީރާނާއި އެމެރިކާގެ ދެމެދުގައި ގަތަރުގައި މިއަދު ފަށަން ހަމަޖައްސައިފައިވާ ވާހަކަތަކުގައި އޮތީ "ވަކި ހައްދެއްގެ ތެރޭގައި އޮތް އެޖެންޑާއެއް"ކަމަށެވެ.

"އީރާނުން ގަތަރަށް ފޮނުވީ ތަޖުރިބާކާރުންގެ ވަފުދެއް. އެއީ ފްރީޒްކޮށްފައިވާ އީރާންގެ ފަނޑްތައް ދޫކޮށްލުމުގެ މަޝްވަރާއަށް،" އީރާންގެ ހާރިޖީ ވަޒީރުގެ ނައިބު ކާޒަމު ޣަރީބުއާބާދީ (ފޮޓޯ) ބުންޏެވެ.

އީރާންގެ ހާރިޖީ ވުޒާރާއިން ބުނީ ފްރީޒްކޮށްފައި ހުރި އީރާންގެ އެސެޓްތަކަށް އަރާ ހަ ބިލިއަން ޑޮލަރު (92 ބިލިއަން ރުފިޔާ) އީރާނަށް އަދި ދޫނުކުރާކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *