Support Us

އެމެރިކާގެ ހާރިޖީ ވަޒީރު މާކޯ ރުބިއޯ (ކަނާތުގައި ކޮޅަށް) ލުބްނާނާއި އިސްރާއީލުގެ ވަފުދުގެ މެންބަރުންނާއެކު އެމެރިކާގައި

ލުބްނާނާއި އިސްރާއީލާ ދެމެދު ސުލްހައިގެ އޮނިގަނޑެއް ގާއިމު ކޮށްފިން: އެމެރިކާ

ލުބްނާނާއި އިސްރާއީލާ ދެމެދު ސުލްހައިގެ އޮނިގަނޑެއް ގާއިމު ކޮށްފި ކަމަށް އެމެރިކާއިން ބުނެފިއެވެ.

އެމެރިކާގެ ހާރިޖީ ވަޒީރު މާކޯ ރުބިއޯ އިއްޔެ ވިދާޅުވީ މިއީ ލުބްނާނާއި އިސްރާއީލާ ދެމެދު ދާއިމީ ސުލްހަ ގާއިމު ކުރަން އެޅި "ފުރަތަމަ ފިޔަވަޅު" ކަމަށެވެ.

"މިއީ ފެށުމެއްގެ ފެށުން. ކުރިއަށް ވަރަށް ގިނަ މަސައްކަތް އެބަހުރި. އެ ކަމުގެ އުނދަގޫކަން އަހަރެމެން ބަލައިގަންނަން. އެ ކަމުގެ މުހިންމުކަން އަހަރެމެންނަށް ފަހުމް ވޭ،" އޭނާ ވިދާޅުވިއެވެ.

ލުބްނާން ސަރުކާރުން ޓެރަރިސްޓުން ކަމަށް ކަނޑައަޅައިފައިވާ ލުބްނާންގެ އީރާނުން ވާގިވެރިވާ ހިޒްބުﷲ ޖަމާއަތާއި އިސްރާއީލާ ދެމެދު ކުރިއަށްދާ އެތައް މަހެއްގެ ހަމަލާ ބަދަލުކުރުންތައް ހުއްޓުވައިލަން ލުބްނާން ސަރުކާރާއި އިސްރާއީލުން އެއްބަސްވި ސުލްހައިގެ އޮނިގަނޑު ބަލައިނުގަންނަ ކަމަށް ހިޒްބުﷲއިން ބުންޏެވެ. މި އޮނިގަނޑު ގާއިމުކުރަން އެމެރިކާގައި އެމެރިކާ މެދުވެރިވެގެން ލުބްނާނާއި އިސްރާއީލާ ދެމެދު ބޭއްވި ވާހަކަތަކުގައި ލުބްނާން ސަރުކާރުން ބައިވެރިނުވާން ވެސް ހިޒްބުﷲއިން ގޮވައިލިއެވެ.

ސުލްހައިގެ އޮނިގަނޑުގައި ބުނެފައިވަނީ ލުބްނާންގެ ދެކުނު ސަރަހައްދުން އިސްރާއީލު ސިފައިން މަޑުމަޑުން ބާލުވަން ޖެހޭ ކަމަށެވެ. އަދި އޭގެ ބަދަލުގައި އެ ސަރަހައްދު ލުބްނާންގެ ސިފައިންނާ ހަވާލު ކުރަން ޖެހޭ ކަމަށެވެ. އިސްރާއީލު ސިފައިން ލުބްނާންގެ ދެކުނު ސަރަހައްދު ހިފީ ހިޒްބުﷲއިން އިސްރާއީލުގެ އުތުރު ސަރަހައްދަށް ހަމަލާދޭތީ ލުބްނާންގެ ދެކުނު ސަރަހައްދުން ހިޒްބުﷲ ދުރުކުރެވެންދެން ކަމަށް އިސްރާއީލުން ވަނީ ބުނެފައެވެ.

ސުލްހައިގެ އޮނިގަނޑުގައި އިތުރަށް ބުނީ ހިޒްބުﷲގެ އަތުން ހަތިޔާރު އަތުލަން ޖެހޭ ކަމަށެވެ. ހިޒްބުﷲއިން އިންޒާރު ދިނީ އެހެން ހަދައިފިނަމަ ލުބްނާންގައި އަހުލީ ހަނގުރާމައެއް ފެށިދާނެ ކަމަށެވެ. އަދި އެހެންވެ ހަތިޔާރުތައް ދޫނުކޮށްލާނެ ކަމަށެވެ. އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނީ ހިޒްބުﷲއިން ހަތިޔާރުތައް ދޫކޮށްލަންދެން ލުބްނާންގެ ދެކުނު ސަރަހައްދުގައި އިސްރާއީލު ސިފައިން ބައިތިއްބާނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *