ޓްރީ ޓޮޕް ހޮސްޕިޓަލުން މިއަހަރު ބާއްވާ ދެވަނަ ހެލްތު ކޭމްޕް މި މަހުގެ 19 އިން 20 އަށް ލ. ގަމުގައި ބޭއްވުމަށް ނިންމައިފިއެވެ.
ގަމު ރީޖަނަލް ހޮސްޕިޓަލާ ގުޅިގެން ކުރިއަށްގެންދާ މި ކޭމްޕުގެ މަގްސަދަކީ އެ އަތޮޅުގެ ރަށްރަށުގެ ރައްޔިތުންނަށް ދުރާލާ ރަޖިސްޓްރީކޮށްގެން ތަފާތު ބަލިތަކުގެ ޚާއްސަ ޑޮކްޓަރުންނަށް ހިލޭ ދެއްކުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށް ޓްރީ ޓޮޕުން ބުނެއެވެ.
"މި ކޭންޕުގެ ސަބަބުން، އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނާއި ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުން މާލެއަށް ދަތުރުކުރުމުގެ ބަދަލުގައި، ރަށާ ގާތުން ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޚާއްސަ ޑޮކްޓަރުންގެ އިރުޝާދު ހޯދުމަށް ލިބިގެންދާނެ ރަނގަޅު ފުރުސަތެކެވެ." ޓްރީ ޓޮޕުން ބުނެއެވެ.
ލ. އަތޮޅު ކޭމްޕްގައި ބައިވެރިވާ ޓްރީ ޓޮޕް ހޮސްޕިޓަލުގެ 8 ކޮންސަލްޓަންޓުން:
• ޑރ. މޫސާ މަނިކު- ހިތުގެ ބަލިތުގެ ޚާއްސަ
• ޑރ. ޕަންކަޖް ޕަޓަވާރީ– ހޯމޯން ބަލިތަކުގެ ޚާއްސަ (އެންޑޮކްރިނޮލޮޖީ)
• ޑރ. ޗަންދުރަޝޭކަރު ރާވަލް- ކަރުންމަތީގެ ބަލިތަކުގެ ޚާއްސަ (އީ.އެން.ޓީ)
• ޑރ. އިބްރާހީމް މުއުމިން– އޮޕަރޭޝަންތަކުގެ ޚާއްސަ
• ޑރ. މުހައްމަދު ހަބީބު- ކަށީގެ ބަލިތަކުގެ ޚާއްސަ
• ޑރ. އަލީ މުޒްނީ– ކަށީގެ ބަލިތަކުގެ ޚާއްސަ
• ޑރ. ނަޒްމީ ލަތީފު- ނޭވާލާ ނިޒާމުގެ ބަލިތަކުގެ ޚާއްސަ
• ޑރ. މެހެމެތް އޮޑާ- ކުޑަކަމުދާ ނިޒާމުގެ ބަލިތަކުގެ ޚާއްސަ
"މި ކޭމްޕުގެ ތެރެއިން، ޚާއްޞަ ބަލިތަކުގެ ޑޮކްޓަރުންނަށް ދެއްކުމުގެ އިތުރުން، ބަލިތައް އަވަހަށް ދެނެގަތުމަށާއި ބަލިތަކުން ރައްކާތެރިވުމަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ޞިއްޙީ ސްކްރީނިން އާއި މަޢުލޫމާތު ދިނުމުގެ ހަރަކާތްތައް ކުރިއަށްދާނެ ކަމަށްވެސް ޓްރީ ޓޮޕުން ބުނެއެވެ.
"އަތޮޅުތަކުގެ ޞިއްޙީ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް މި ހޮސްޕިޓަލުން ކުރަމުންދާ މަސައްކަތުގެ ދަށުން، ލ. އަތޮޅު ރީޖަނަލް ހޮސްޕިޓަލުގެ ނަރުހުންނަށް ޚާއްޞަ ތަމްރީނު ޕްރޮގްރާމެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ޓްރީ ޓޮޕް ހޮސްޕިޓަލުގެ ނަރުހުންނާއެކު މަޢުލޫމާތާއި ތަޖުރިބާ ޙިއްސާކޮށް، ފަންނީ ހުނަރު އިތުރުކުރުމަށް ފަހިކޮށްދެވޭ ފުރުޞަތެކެވެ." ޓްރީ ޓޮޕުގެ ބަޔާނެއްގައި ބުނެއެވެ.
"މީގެ އިތުރުން، ޒުވާނުންގެ މެދުގައި ދުޅަހެޔޮ ދިރިއުޅުމަކަށް ހޭލުންތެރިކަން އިތުރުކުރުމަށާއި، ޞިއްޙީ ދާއިރާގެ ވަޒީފާތަކަށް ޝައުޤުވެރިކަން އުފެއްދުމުގެ މަޤްޞަދުގައި ގަމުގެ ދަރިވަރުންނަށް ޚާއްޞަ ތަޢުލީމީ ސެޝަނެއް ކުރިއަށް ގެންދެވޭނެއެވެ. މި ކޭމްޕުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ އެކި ހިސާބުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމާއި، ޚާއްޞަ ބަލިތަކުގެ ފަރުވާ ހޯދުމުގައި ހުރި ދަތިތަކަށް ލުޔެއް ހޯދައިދިނުމެވެ. އަދި ހަމައެއާއެކު، މި ސަރަޙައްދުގެ ޞިއްޙީ ޚިދުމަތްތެރިންގެ ފަންނީ ޤާބިލުކަން އިތުރުކުރުމަށް އެހީތެރިވެދިނުމަކީވެސް މި ހަރަކާތުގެ މުހިންމު ބޭނުމެކެވެ."
ރަޖިސްޓްރީ ކުރުން
ކޭމްޕަށް އެޕޮއިންޓްމަންޓް ހެއްދުމުގެ ސުންގަޑިއަކީ 17 ޖޫން 2026 ގެ ރޭގަނޑު 11:00 އެވެ. ރަޖިސްޓްރީ ކުރުމަށް ގަމު ރީޖަނަލް ހޮސްޕިޓަލުގެ 6800026 ނަންބަރަށް ގުޅުމަށް ވެސް ޓްރީ ޓޮޕުން އެދެއެވެ.



advertisment

