Support Us

އަވީގެ ހަކަތައިން ތާރީހީ ރެކޯޑެއް ގާއިމުކުރި މަތިންދާބޯޓު ކަނޑަށް ވެއްޓިއްޖެ

ތެޔޮ ނާޅާ އިރުގެ ހަކަތަ ބޭނުންކޮށްގެން ދުނިޔެ ވަށާ ބުރެއް ޖެހުމުގެ ރެކޯޑު ގާއިމުކުރި "ސޯލާ އިމްޕަލްސް 2″ގެ ނަން ދީފައިވާ މަތިންދާބޯޓު ކަނޑަށް ވެއްޓިއްޖެއެވެ.

ސޯލާ އިމްޕަލްސް 2 (ފޮޓޯ) މިހާރު ހިންގާ ކުންފުނިން ބުނީ 2016 ގައި ރެކޯޑު ހެދި މަތިންދާބޯޓު އެމެރިކާގެ މިސިސިޕީ ސްޓޭޓުން މި ދިޔަ މަހު 26 ގައި ނައްޓާލައިގެން މި މަހު ހަތަރެއްގައި ވެއްޓުނީ ގަލްފް އޮފް މެކްސިކޯ ކަނޑަށް ކަމަށެވެ.

މަދަނީ ދަތުރުފަތުރުގައި ހިނގާ އެކްސިޑެންޓްތައް ތަހުގީގުކުރާ، އެމެރިކާ ސަރުކާރުގެ މިނިވަން އިދާރާ ކަމަށްވާ ޔޫ.އެސް ނެޝަނަލް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑުން މިހާރު ދަނީ މި ހާދިސާ ތަހުގީގުކުރަމުންނެވެ.

ރެކޯޑު މުގުރައިލަން ސްވިޒަލޭންޑްގެ ދެ ޕައިލެޓުން އެ މަތިންދާބޯޓުގައި ދުނިޔެ ވަށާ 26،700 މޭލުގެ ބުރެއް ޖެހީ 17 މަރުހަލާއިންނެވެ. އެއީ ތެޔޮ ނާޅާ 23 ދުވަހުގެ ދަތުރެއްކޮށްގެންނެވެ.

ސްވިޒަލޭންޑްގައި ދެ އެސްޓްރޮނޯޓުން 12 އަހަރުގެ މުއްދަތަކުން އުފެއްދި މަތިންދާބޯޓު ރެކޯޑު ގާއިމުކުރިތާ ތިން އަހަރު ފަހުން އެ މަތިންދާބޯޓު ވިއްކައިލީ އެމެރިކާގައި އިރުގެ ހަކަތައިން ދަތުރުކުރާ މަތިންދާބޯޓު އުފައްދާ ކުންފުންޏެއް ކަމަށްވާ ސްކައިޑުވެލާ އޭރޯއަށެވެ.

"އަހަރެމެން ސޯލާ އިމްޕަލްސް 2 މަތިންދާބޯޓު ބަދަލުކުރީ ކުއްލި ހާލަތުގައި ކަނޑަށް ޖެއްސޭ ޑްރޯންއަކަށް،" އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި އެ ކުންފުނިން ބުންޏެވެ.

އެމެރިކާގެ ކަނޑުގެ ސިފައިންގެ ތަމްރީނެއްގައި މަތިންދާބޯޓު ބޭނުންކުރުމުން ދޭހަވަނީ އަސްކަރީ ބޭނުންތަކުގައި ވެސް އިރުގެ ހަކަތައިން އޮޕަރޭޓްކުރާ އުޅަނދު ބޭނުންކުރެވޭނެކަން ކަމަށް ސްކައިޑުވެލާ އޭރޯއިން ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *