ހިތް މިހިރަގެން އަނދަނީ ދިން އެ އުދާހީ ދިލައިން
އިންތިހާގައި ފުރިގެން ހިތް ވަސްވާހީ ކިލައިން
ރޭދުވާ ހަމަކަމުގައި އޭރު އެދިން އަނިޔާގައި
ހޭރުވަން ރޭރު އެވީ މޭ އޮތުމުންތޯ ހިލައިން
ހަރުހިތެއް ފަރުބަދަތައް ލަދުވެތިވާފަދަ ފެނުމުން
ދަރުދު ގައި ކަރުނަ އައޭ ވާރެ ވެހޭހެން ވިލައިން
ނޫރަކުން ފަދަ ވިދުވަރު ސޫރަކުރިން ދެއްކި ނިތުން
ކޫރަކުން އެޅުނު ފިލީ ޝައްކުގެ އެރި ބޯ މިލައިން
ލޯބި މިހިތުން އެހިތަށް ފޯރުކުރަން ލޯއެދުނަސް
ގޯޅަމުންނޭ ދިޔައީ ލޯބި އެ ޚަންޖަރު ތިލައިން
ފަށްތަކުން ހިތުގެ ކޮށޭ ވައްތަރުގައި ރޫޅިލުމުން
ރައްކަލެއް ނޯވެއެ ވާން ގެތްތެވިއަސް ދެން ނިލައިން
މިދެމެދަށް ވާޞިލުވާން ތެދުވެރި ނެތުމުން ދިރުމެއް
އެދެވެނީ ދެން ދުށުމަށް ހެދި ގެއެކޭ ތިން ފިލައިން
