Support Us

މެޓްހިއު ޕެރީ (ކ) އަދި ޖަސްވީން ސަންގްހަ

އޯވަޑޯޒްވެގެން މަރުވި މެޓްހިއު ޕެރީއަށް ކެޓަމީން ބޭސް ސަޕްލައިކޮށްދިން އަންހެންމީހާ 15 އަހަރަށް ޖަލަށް

މަގުބޫލު ކޮމެޑީ ޓީވީ ސީރީޒް "ފްރެންޑްސް"ގެ ތަރި މެޓްހިއު ޕެރީ، ބޭހެއް ކަމަށްވާ ކެޓަމީން އޯވަޑޯޒްއަކުން މަރުވި މައްސަލައިގައި އޭނާއަށް ކެޓަމީން ސަޕްލައިކުރި އަންހެނެއް ކަމަށްވާ ޖަސްވީން ސަންގްހައަށް 15 އަހަރުގެ ޖަލު ހުކުމެއް އެމެރިކާގެ ކޯޓަކުން އިއްވައިފިއެވެ.

"ފްރެންޑްސް"ގައި ޗޭންޑްލާ ބިންގްގެ ރޯލު އަދާކުރި މެޓްހިއު އުމުރުން 54 އަހަރުގައި 2023 ގައި މަރުވީ ކެޓަމީން ނަގައިގެން އަރާމުކުރާ ހޫނު ފެން ޓަބުގައި އޮއްވައި ހޭނެތިގެންނެވެ.

ޖަސްވީން އިއްޔެގެ ޝަރީއަތުގެ މަޖިލީހުގައިވަނީ އޭނާއަށްކުރި ހުރިހާ ދައުވާއަކަށް އިއުތިރާފުވެފައެވެ.

"އަހަރެންގެ އަމަލުތަކަށް ފުރިހަމައަށް ޒިންމާ ނަގަން. އަހަރެން އިހްތިޔާރުކުރި އަމަލުތަކުގެ ސަބަބުން އެންމެ ފަހުން ހިތި ނަތީޖާއަކަށް ވާސިލުވީ،" 2024 ގައި ހައްޔަރުކުރި، އުމުރުން 42 އަހަރުގެ ޖަސްވީން ބުންޏެވެ.

"ކެޓަމީން ކުއީން" ނުވަތަ ލަފުޒީ މާނައިން "ކެޓަމީން ރަނިކަމަނާ"ގެ ވަނަން ދީފައިވާ ޖަސްވީންއަކީ ޑްރަގް ވިއުގައެއް ހިންގި އަންހެނެއް ކަމަށް ޕްރޮސެކިއުޓަރުން ބުންޏެވެ.

"މީހުން މަރުވާ ފަދަ ނަތީޖާތަކާ ކުރިމަތިވި ނަމަވެސް އޭނާ ދިޔައީ ޑްރަގް ވިއްކަމުން. އޭނާގެ އަމަލުތައް ބިނާވެފައިވަނީ ދަހިވެތިކަމުގެ މައްޗަށް،" ޕްރޮސެކިއުޓަރުން ބުންޏެވެ.

މެޓްހިއުގެ އާއިލާއިން އެދިފައިވަނީ ޖަސްވީނަށް ދެވޭނެ އެންމެ ހަރުކަށި އަދަބެއް ދިނުމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *