Support Us

ޖެނެރަލް މޫސާ ޖަލީލާއެކު ޖުމްހޫރީ ޕާޓީގެ ލީޑަރު، މަހުޖަނު ގާސިމް އިބްރާހިމް (ވ)

ގާސިމްގެ ތާއީދު މޫސާ އަލީ ޖަލީލަށް

 މާލޭ މޭޔަރުކަމަށް ވާދަކުރައްވާ ޕީއެން.ސީގެ ކެންޑިޑޭޓް ޖެނެރަލް މޫސާ ޖަލީލް އެންޑޯޒްކުރައްވައި އޭނާއަށް ތާއީދު ކުރައްވަން ޖުމްހޫރީ ޕާޓީގެ ލީޑަރު، މަހުޖަނު ގާސިމް އިބްރާހިމް މިއަދު ނިންމަވައިފިއެވެ.

ޖަލީލާއެކު ނަންގަވައިފައިވާ ފޮޓޯއަކާއެކު ގާސިމް އެކްސްގައި މިއަދު ވިދާޅުވީ "މޫސާ ޢަލީ ޖަލީލަކީ ޤައުމީ ޚިދުމަތުގެ ފަޚުރުވެރި ރެކޯޑްތަކެއް އޮތް، މި ޤައުމުގެ ދިފާޢުގައި އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ ބަޠަލެއް" ކަމަށާއި "މި ޤައުމުން އެމަނިކުފާނުގެ އަގު ވަޒަންކުރައްވައި، ޤައުމީ ޝަރަފް އަރުވާފައިވާ، ނިޝާން ޢަސްކަރީގެ ޢިއްޒަތުގެ ވެރިއެއް" ކަމަށެވެ.

ރައްޔިތުންގެ މަޖިލިސްގެ މާމިގިލީ މެމްބަރުކަން ވެސް ކުރައްވާ ގާސިމް އިތުރަށް ވިދާޅުވިއެވެ.

"ހަމައެކަނި 1988 ވަނަ އަހަރު ނޮވެންބަރުމަހު 3 ވަނަ ދުވަހު ދިވެހި ޤައުމަށް ކުރިމަތިވި ޢުދުވާނީ ޙަމަލައިން ޤައުމު ސަލާމަތްކުރެއްވުމަށް، މޭ އައްޑަނައެއްގެ ގޮތުގައި ހައްދަވައިގެން ދުޝްމަނުންގެ ކުރިމައްޗަށް ހިތްވަރާއި އީމާންތެރިކަމާއެކު ނުކުންނެވުމުންވެސް އެމަނިކުފާނުގެ ގަދަފަދަ ޤައުމީ ޢަޒުމު ސާބިތުކޮށްދޭ.

"އެއިރުއްސުރެ މިއަދާ ހަމަޔަށްވެސް އެމަނިކުފާނު ހުންނެވީ އަބަދުވެސް ޤައުމަށްޓަކައި ތައްޔާރަށް. ކޮންމެ ސަރުކާރަކުން މަތިކުރެއްވި ކޮންމެ ވަޒީފާއެއްގެ ވާޖިބުވެސް އަދާކުރެއްވީ ތެދުވެރިކަމާއެކު. ފަސްބައިގާ ކިލަނބުކަމެއް ނެތް. އެއްވެސް މީހަކާމެދު ކުޑައިމީސްކޮށް ކުރެއްވި ކަމެއް ނެތް. ނުހަނު ޚުލްޤު ހެޔޮ، އެންމެންގެ ލޯބި ލިބިވަޑައިގެންފައިވާ ތަޖްރިބާކާރު ޝަޚްޞިއްޔަތެއް.

"މިހުރިހާ ހަގީގަތްތަކެއް މިހެން ހުރީތީވެ، ރާއްޖޭގެ ވެރިކަންކުރާ ސަހަރު ހިންގެވުމުގެ އެންމެ އިސް މަޤާމަށް މޫސާ ޖަލީލަށްވުރެ ތަޖްރިބާކާރު، އަމާނާތްތެެރި، ޚިދުމަތްތެރި، ޤާބިލް، ކުފޫހަމަވާ އެހެން ކެންޑިޑޭޓަކު ނެތްކަން ޔަގީން.

"އަޅުގަނޑު އެދެނީ، މާލެ ސިޓީ ހިންގަވަން، މުރާލި ދުރުވިސްނޭ މާލިމީއަކަށް އުންމީދު ކުރައްވައިގެން ތިޔަ ތިއްބެވި ލޮބުވެތި ރައްޔިތުން، އަދި އަޅުގަނޑުގެ އަޑުއައްސަވާ ބަސް ގަބޫލުކުރައްވާ އެންމެހާ އަޚުންނާއި އުޚްތުން، މިފަހަރުގެ އިންތިޚާބުގައި މާލެ ސިޓީގެ މޭޔަރުކަމަށް މޫސާ ޖަލީލަށް (ކެނޑިޑޭޓް ނަންބަރު 4 އަކަށް) ތާއީދުކުރައްވާ ވޯޓުދެއްވުން."

އަންނަ މަހު ހަތަރެއްގައި އޮންނަ މާލޭ ސިޓީ މޭޔަރު އިންތިހާބުގައި ޖަލީލާ އެންމެ ވާދަކުރައްވަނީ މިހާރުގެ މޭޔަރު، އެމް.ޑީ.ޕީގެ އާދަމް އާޒިމެވެ. ދެން، ރައީސް އަބްދުﷲ ޔާމީންގެ ތާއީދާއެކު ނުކުންނަވައިގެން އުޅުއްވާ ކުރީގެ ގޯލް ކީޕަރު އިސްމާއިލް ޒަރިޔަންދެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *