Support Us

އަންހެނުންގެ ކޮމިޓީތަކުގެ މަސައްކަތްތަކާ ގުޅޭގޮތުން އަލައިކާ އެލްޖީއޭއާ މަޝްވަރާކޮށްފި

ކައުންސިލާ ގުޅިގެން އަންހެނުންގެ ކޮމިޓީތަކުގެ މަސައްކަތް ބައްޓަންކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން، މާލެ ސިޓީގެ އަންހެނުންގެ ކޮމިޓީގެ ރައީސާ ކަމަށް ޕީއެންސީގެ ފަރާތުން ވާދަކުރާ އަލްއުސްތާޛާ އާޝިޔަތު އަލައިކާ އަދުނާން، އެލްޖީއޭއާއެކު މިއަދު މަޝްވަރާކޮށްފިއެވެ.

މި ބައްދަލުވުމުގައި، މާލެ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ދާއިރާތަކަށް ޕީއެންސީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުންނާއި އެލް.ޖީ.އޭގެ ސީއީއޯ މުޙައްމަދު ނިމާލު އަދި އެ އިދާރާގެ އިސްވެރިން ބައިވެރިވިއެވެ. މި ބައްދަލުވުމުގައި އެލް.ޖީ.އޭއިން ވަނީ ލާމަރުކަޒީ ޤާނޫނަށް ގެނެވުނު އިސްލާހުތަކާއެކު ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންޑޭޓަށް އައިސްފައިވާ ބަދަލުތަކާ ގުޅޭ މަޢުލޫމާތު ހިއްސާކޮށްފައެވެ.

އަލައިކާ އާއި އ.ތ.މ ކޮމިޓީއަށް ވާދަކުރައްވާ މެންބަރުން ވަނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންޑޭޓަށް އައިސްފައިވާ ބަދަލުތަކާއެކު، ކޮމިޓީގެ މަސައްކަތްތައް ވަރަށް ބޮޑަށް ފުޅާވެގެންދާނެތީ، ނަތީޖާ ޙާޞިލުކުރެވޭނެ ގޮތަށް، މި މަސައްކަތްތައް ކުރިއަށްގެންދިއުމުގައި އެކަށީގެންވާ ވަޞީލަތްތަކާއި ފަންނީ އެހީތެރިކަން ބޭނުންވާނެކަން ފާހަގަކޮށްފައެވެ. މިގޮތުން، އ.ތ.މ ކޮމިޓީގެ ބަޖެޓް އެކުލަވާލުމާއި، ބަޖެޓް ހޯދުމުގައި، އެލް.ޖީ.އޭގެ ފަރާތުން އެހީތެރިކަން ލިބޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރިއެވެ.

މީގެ އިތުރުން، ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ދެމެދު ރަނގަޅު ގުޅުމެއް ޤާއިމުކުރުމަށާއި، ލާމަރުކަޒީ ޤާނޫނަށް އައިސްފައިވާ އިސްލާހުތަކަށް އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް އެލް.ޖީ.އޭއަށް އަދާކުރެވިދާނެ ދައުރާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. މިގޮތުން، ލާމަރުކަޒީ ޤާނޫނަށް އައިސްފައިވާ އިސްލާހުތަކާއެކު، ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މަސްޢޫލިއްޔަތްތަކަށް އަންނަ ބަދަލުތަކަށް އާންމުން ހޭލުންތެރިކުރުމާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނާއެކު މަޝްވަރާކުރައްވާނެ ކަމަށާއި، ކައުންސިލްތަކާއި، އ.ތ.މ ކޮމިޓީތަކަށް ފަންނީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެލް.ޖީ.އޭއިން ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *