Support Us

ތޯރިގު ރަހްމާން (މ) މިއަދު ދާކާގެ ހަޒްރަތު ޝާހުޖަލާލު އެއާޕޯޓުގައި

ބަނގްލަދޭޝްގެ ބޮޑު ވަޒީރު ކަމަށް ކުރިމަތިލުމަށް ތޯރިގު ރަހްމާން އެނބުރި ގައުމަށް

ބަނގްލަދޭޝްގައި އަންނަ ފެބްރުއަރީ މަހު ބާއްވާ ގައުމީ އިންތިހާބުތަކުގައި ވާދަކޮށް، ބޮޑު ވަޒީރުކަމުގެ މަގާމު ލިބޭތޯ އިދިކޮޅު ލީޑަރު ތޯރިގު ރަހްމާން މިއަދު އެނބުރި ގައުމަށް ހިނގައްޖެއެވެ.

މިއީ އިނގިރޭސި ވިލާތުގައި އަމިއްލައަށް އަރުވައިލެވިގެން 17 އަހަރު ހޭދަ ކުރުމަށް ފަހު، ބަނގްލަދޭޝް ކުރީގެ ބޮޑު ވަޒީރު ހާލިދާ ޒިޔާގެ އުމުރުން 60 އަހަރުގެ ދަރިފުޅު ކަމަށްވާ ތޯރިގު ގައުމަށް ދިޔަ ފުރަތަމަ ފަހަރެވެ. އޭނާއަށް އެނބުރި ގައުމަށް ދެވުނީ އޭނާއާ ދެކޮޅަށް ކޮށްފައި ހުރި ހުކުމްތައް އަނބުރާ ގެންދިއުމުންނެވެ.

ދިގު މުއްދަތަކަށް ބަނގްލަދޭޝްގައި ވެރިކަންކޮށްފައިވާ ބަނގްލަދޭޝް ނެޝަނަލް ޕާޓީ (ބީ.އެން.ޕީ)ގެ ވަގުތީ ޗެއާމަންކަންކުރާ ތޯރިގަށް، އޭނާގެ ސަޕޯޓަރުން ވެރިރަށް ދާކާގައި ވަނީ ހޫނު މަރުހަބާއެއް ކިޔައިފައެވެ.

"ލޮބުވެތި ބަނގްލަދޭޝް، އަހަރެން ވައުދުވަނީ މަންމައަކު ހުވަފެނުން ދެކެން ބޭނުންވާ ފަދަ ބަނގްލަދޭޝްއެއް ބިނާކުރަން،" ބަނގްލަދޭޝްގައި ފުރަތަމަ ފަހަރަށް ދިން ތަގުރީރުގައި ތޯރިގު ބުންޏެވެ.

އިންތިހާބުގައި ވާދަކޮށް ގައުމުގެ ކުރިމަގު ބައްޓަން ކުރުމުގެ ބޮޑު ފުރުސަތެއް ތޯރިގަށް އެބައޮތްކަމަށް ސިޔާސީ ތަޖުރިބާކާރުން ބުނެއެވެ.

މި ދިޔަ އަހަރު ދަރިވަރުންކުރި މުޒާހަރާތަކާ ގުޅިގެން ބޮޑު ވަޒީރުކަމުން ޝައިހް ހަސީނާ އިސްތިއުފާ ދީފައި ގައުމުން ފިލައިގެން ގޮސް އިންޑިއާއިން ހިމާޔަތް ހޯދުމުން ބަނގްލަދޭޝްގައި ބާއްވަން އުޅޭ އިންތިހާބުތަކަކީ ގައުމުގެ ޑިމޮކްރެސީ އަލުން ބައްޓަން ކުރާނެ އިންތިހާބުތަކެއް ކަމަށް ބެލެވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *