ހެލްތް މިނިސްޓްރީން އިންތިޒާމްކޮށްގެން ހުޅުމާލޭގައި ބާއްވަމުން އަންނަ ހެލްތް އެކްސްޕޯ 2025 ގައި ހުރި ޓްރީ ޓޮޕް ހޮސްޕިޓަލްގެ ސްޓޯލް ތަފާތެވެ. ޓްރީ ޓޮޕް ހޮސްޕިޓަލުގެ ސްޓޯލްއިން ފެމެލީ މެޑިސިން، ޑައިޓް އަދި ނިއުޓްރިޝަން، ޑެންޓަލް ހެލްތް، އައިވީއެފް، އެމެޖެންސީ މެޑިސިން އަދި ދުޅަހެޔޮ ސިއްހަތެއް ބިނާކުރުމަށް ބޭނުންވާ މުހިންމު މަޢުލޫމާތުތައް ލިބިއެވެ.
އެކްސްޕޯ ކުރިއަށް ދާނީ ހުޅުމާލެ ސެންޓްރަލް ޕާކްގައި މި ނޮވެމްބަރު 13 އިން 16 އަށް، ކޮންމެ ދުވަހަކު ހަވީރު 4:00 އިން ރޭގަނޑު 11:00 އަށެވެ.
މިއީ އާންމު ރައްޔިތުންނަށް ޓްރީ ޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ޑޮކްޓަރުންގެ ފަރާތުން މަޢުލޫމަތު ލިބިގެންދާނެ ފުރުސަތެކެވެ.
މި އެކްސްޕޯގައި ޓްރީ ޓޮޕް ހޮސްޕިޓަލުގެ ފަރާތުން ފަސް ދާއިރާއަކުން މަޢުލޫމާތު ހިއްސާ ކުރެއެވެ. އެއީ؛
- ޑައެޓް އެންޑް ނިއުޓްރިޝަން: ކްލިނިކަލް ޑައެޓީޝަންސް ކަމަށްވާ ރީބާ އާއި އައިޝާގެ ބައިވެރިވުމާއެކު.
- އައިވީއެފް އެންޑް ރީޕްރޮޑަކްޓިވް ހެލްތު: ޑރ. ޒަކިއްޔާގެ ބައިވެރިވުމާއެކު.
- ޑެންޓަލް ހެލްތު: ޑރ. އިލްހާމް އާއި ޑރ. ރީޝާގެ ބައިވެރިވުމާއެކު.
- ފެމިލީ މެޑިސިން: ޑރ. އަމިތޭޝްގެ ބައިވެރިވުމާއެކު.
- އެމަޖެންސީ މެޑިސިން: އެމެޖެންސީ ހަލަތުގުއި ފަރުވާތަށް ކުރިއަށް ދާގޮތުގެ މަޢުލޫމާތު ހިއްސާކުރުން
"މި އެކްސްޕޯގެ މަގުސަދަކީ ދިވެހި ރައްޔިތުންނަށް ސިއްހީ މައުލޫމާތު ފޯރުކޮށްދިނުމާއި، ސިއްހީ ދާއިރާގެ އެންމެ ފަހުގެ ހޯދުންތަކާއި ޚިދުމަތްތައް ތައާރަފުކޮށްދިނުމެވެ. ޓްރީ ޓޮޕް ހޮސްޕިޓަލާއި ސިއްހަތާބެހޭ މިނިސްޓްރީން އެދެނީ މި އިވެންޓްގެ ބޭނުން އެންމެހާ ރައްޔިތުން ހިފުމަށެވެ." ޓްރީ ޓޮޕުން ބުނެއެވެ.



advertisment

