Support Us

ކުރު ވާހަކަ: ވާލާއި ވީސްލްތައް

ވާލެއް ބިންމައްޗަށް ވެއްޓުނުތަނާ ވީސްލްއެއް އެ ސޮރު އަތުލައިގަތެވެ.

ވާ މަރައިލައިފައި އޭތި ކާން އުޅެނިކޮށް އެ ކަން ނުކުރުމަށް ވާ އާދޭސްކުރިއެވެ.

ޖަވާބުގައި ވީސްލް ބުނީ ވާ މަރައިލައިގެން ކާލާނެ ކަމަށާއި ސަބަބަކީ އެ ވީސްލްއަކީ އުސޫލެއްގެ ގޮތުން ހުރިހާ ދޫނިތަކާ ދުޝްމިން އެއްޗެއް ކަމަށެވެ.

ޖަވާބުގައި ވާ ބުންޏެވެ: "އެހެންތަ؟ އެކަމަކު އަހަރެން މިއީ ދޫންޏެއް ނޫން. އަހަރެންނަކީ ހިކަންޖެއް."

ވީސްލް ދެން ބުންޏެވެ: "އާނ. އަހަރެން ވެސް ރަނގަޅަށް ތިބާއަށް ބަލައިލުމުން އެ ކަން އެނގިއްޖެ."

މިހެން ކިޔައިފައި ވީސްލް އެ ވާ ދޫކޮށްލިއެވެ.

އޭގެ ވަގުތުތަކެއް ފަހުން ވާ އަނެއްކާވެސް ބިންމައްޗަށް ވެއްޓި އެހެން ވީސްލްއެއްގެ އަތުޖެހުނެވެ. އަދި ކުރިއެކޭ އެއްފަދައިން ދޫކޮށްލަ ދިނުމަށް އާދޭސް ކުރިއެވެ.

ޖަވާބުގައި އެ ވީސްލް ބުންޏެވެ: "ނޫން. އަހަރެންނަކީ ހިކަންޖެއް ދޫކޮށްލަން އެއްވެސް ފުރުސަތެއް ނުދޭ މަހްލޫގެއް."

އެ ކަމަށް ޖަވާބު ދެމުން ވާ ބުންޏެވެ: "އެކަމަކު އަހަރެން މިއީ ހިކަންޖެއް ނޫން. އަހަރެންނަކީ ދޫންޏެއް."

ދެން ވީސްލް ބުންޏެވެ: "އާނ. އަސްލު ވެސް ދޯ."

މިހެން ބުނެފައި ވާ މިނިވަންކުރިއެވެ.

އިބްރަތް:

ސަލާމަތް ވާނީ ވައި ޖެހޭ ކޮޅަކަށް ހުރީމައެވެ.

ނޯޓް:

މިއީ އީސާގެފާނުގެ ހަ ގަރުނުގެ ކުރިން ގްރީސްގައި އުޅުނު ކަމަށް ބެލެވޭ، ހައިވާނުންގެ ދިރިއުޅުމުން އިބްރަތްތެރި ވާހަކަތައް ކިޔައިދޭ އީސޮޕް – ނުވަތަ ބައެއް ފަރާތްތަކުން ބާބްރިއަސްގެ ނަމުން މުހާތަބު ކުރާ މީހެއް – އެއްކޮށްފައިވާ ވާހަކަތަކެއް ކަމަށް ބެލެވޭ ވާހަކަތަކުގެ ތެރެއިން ވާހަކައެކެވެ.

އީސޮޕްއަކީ "ފޭބްލް" ނުވަތަ މުނާފިގުކަން ދައްކުވައިދިނުމުގެ ގާބިލުކަން ހުރި އިންސާނުންނާ ހިލާފަށް، ހައިވާނުންގެ މިސާލު ނަގައިގެން ވާހަކަ ކިޔައިދިން މީހެކެވެ. އިންސާނުންނަކީ ނެތް ސިފަތަކެއް ދައްކައިގެން އުޅޭ، ހަމައެކަނި "ދެ ފުށް ކެހެރި" އަދި "މުނާފިގު" މަހުލޫގެވެ. އެހެން ހުރިހާ ހައިވާނުންނަކީ އޭގެ އަސްލު ފޮރުވައިގެން އުޅުމުގެ ގާބިލިއްޔަތުކަމެއް ނެތް ޖަނަވާރުންނެވެ. މިހެންވެ، އެ ސޮރުމެންގެ ހަޔާތުގެ ދަރުސުތަކުން ހާމަވާނީ، ހަޔާތުގެ އަސްލު ހަގީގަތްތައް ފެންނަ ގޮތް ކަމަށް، އީސޮޕްގެ ވާހަކަތައް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *