Support Us

އަހަރެން ދެކެ ލޯބިވާނަމަ، ތިބާގެ އެންމެހައި މޮޅިތަކާއި ހިތާމަތައް އަހަންނަށްދޭށެވެ. 

ގަންދީބުނަމެވެ. ތިޔަ (ރީތި) ދެލޮލުގެ ހުރިހައި ކަރުނަތަކެއް ވެސް އަހަންނަށް ދޭށެވެ.

މަގޭ މި ހިތަށް ހަމަޖެހުމަށް ލިބޭނީ، ތިބާގެ ހިތާމަތަކާއި، ގިލަންތަކަކީ، އަހަރެންގެ ހިތާމަތަކާއި، ގިލަންތައް ކަމުގައި ހެދުމުންނެވެ.

އަހަރެންގެ ހިތަށް އަރާމެއް ލިބޭނީ ތިބާގެ އެންމެހައި ވޭންތަކާއި ކެކުޅުންތައް އަހަރެންގެ ހިތުގައި ފޮރުވައިލެވުނީމައެވެ.

ލޯބިވެރިޔާއެވެ. ތިބާގެ ހިތަށް ތަދުކުރާ ހުރިހައި އިހުސާސެއް އަހަންނަށް ދޭށެވެ.

އަހަންނަކީ، ތިބާގެ ޙަޔާތުގެ ބައިވެރިޔާ ނޫންހެއްޔެވެ؟ ވީމާ، ތިބާގެ ހިތާމަތަކުގެ ބައިވެރިޔަކަށް ވެސް އަހަރެން ނަހަދަންވީ ކީއްވެހެއްޔެވެ؟

ތިބާގެ ހިތާމަތަކުގައި އަހަރެން ބައިވެރިކުރީމާ ގައިމު ހިތާމަތަކަށް ލުއިކަމެއް ލިބޭނެ ނޫންހެއްޔެވެ؟

ލޯބިވާއެވެ. ތިހިތުގެ ބޭޤަރާރުކަމާއި ހިތުގެތެޅުމުން ބައެއް އަހަންނަށް ދޭށެވެ.

މީގެ ފަހުން ތިބާގެ ދެލޮލުން ކަރުނަ އޮހޮރެނިކޮށް އަހަންނަށް ފެނިގެން ނުވާނެއެވެ. އަހަރެން ބަލަން ބޭނުންވަނީ އުފަލުން ހެވިފައިވާ ދެލޮލެވެ. ހިނިތުންވެފައިވާ ދެތުންފަތެވެ.

ހަމަ ތެދެކެވެ. ތިބާގެ އެންމެހައި އާހުތަކާއި ވޭންތަކާއި ކެކުޅުންތައް މަށަށް ދޭށެވެ.

* އުރުދޫ ޅެމެއްގެ ތަރުޖަމާއެއް

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *