Support Us

ކެމްބޯޑިއާ އާއި ތައިލެންޑް ގުޅޭ ބޯޑަރުގައި އިއްޔެ މައިނެއް ގޮވުމުން ޒަހަމްވި ތައިލެންޑްގެ ދެ ސިފައިން ފަރުވާ ކުރުމަށް ގެންދަނީ

ބޯޑަރުގައި މައިނެއް ގޮވުމުން ކެމްބޯޑިއާއާއެކުވި ސުލްހައިގެ އެއްބަސްވުން ތައިލެންޑުން ސަސްޕެންޑްކޮށްފި

ބޯޑަރުގައި އިއްޔެ މައިނެއް ގޮވައި ސިފައިންތަކެއް ޒަހަމްވުމާ ގުޅިގެން ކެމްބޯޑިއާއާއެކުވި ސުލްހައިގެ އެއްބަސްވުމަށް އަމަލު ކުރުން ސަސްޕެންޑްކޮށްފި ކަމަށް ތައިލެންޑުން ބުނެފިއެވެ.

"އަހަރެމެން ކުރިން ހީކުރި ގޮތާ ހިލާފަށް އަހަރެމެންގެ ގައުމީ ސަލާމަތަށް އޮތް ދުޝްމިންކަން ވަކި ދަށެއް ނުވޭ،" ތައިލެންޑްގެ ބޮޑުވަޒީރު އެނުޓިން ޗަރްނުވިރަކުލް ވިދާޅުވިއެވެ.

ތައިލެންޑްގެ އަސްކަރިއްޔާއިން ބުނީ ކެމްބޯޑިއާއާއެކު ވެފައިވާ ހުރިހާ އެއްބަސްވުންތަކެއް ތަންފީޒުކުރުން މަޑުޖައްސައިލައިފި ކަމަށެވެ.

"ކެމްބޯޑިއާއިން އެ ގައުމުގެ ދުޝްމިންކަން ނައްތައިލައިފިކަން ސާފު އިހްލާސްތެރިކަމަކާއެކު ދައްކަންދެން ކެމްބޯޑިއާއާއެކުވި ހުރިހާ އެއްބަސްވުންތަކެއް މަޑުޖައްސައިލައިފިން،" ތައިލެންޑްގެ އަސްކަރިއްޔާއިން ބުންޏެވެ.

ކ-ވ: އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ތައިލެންޑްގެ ބޮޑު ވަޒީރު އެނުޓިން ޗަރްނުވިރަކުލް، ކެމްބޯޑިއާގެ ބޮޑު ވަޒީރު ހަން މަނޭ އަދި މެލޭޝިއާގެ ބޮޑު ވަޒީރު އަންވަރު އިބްރާހީމް، ކެމްބޯޑިއާ އާއި ތައިލެންޑާ ދެމެދުވި ސުލްހައިގެ އެއްބަސްވުން މި ދިޔަ މަހު 26 ގައި ސޮއިކުރި ރަސްމިއްޔާތުގައި

ކެމްބޯޑިއާއިން ބުނީ އައު މައިންތަކެއް ވަޅު ނުލައި ކަމަށެވެ.

"މިހާރު ފެންނަމުންދާ މައިންތަކަކީ ކުރިން ހިނގައިފައިވާ ހަމަނުޖެހުންތަކުގައި ވަޅުލި މައިންތަކެއް،" ކެމްބޯޑިއާގެ އޮފިޝަލަކު ބުންޏެވެ.

ކެމްބޯޑިއާއާއެކު ތައިލެންޑުން ސުލްހައިގެ އެއްބަސްވުމެއް ގާއިމު ކުރީ މިދިޔަ މަހު 26 ގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ބެއްލެވުމުގެ ދަށުންނެވެ. އެއީ ޖުލައި މަހު ކެމްބޯޑިއާ އާއި ތައިލެންޑްގެ ބޯޑަރުގައި މީހުންގެ ފުރާނަ ދިޔަ ހަމަލާތަކެއް ބަދަލު ކުރުމާ ގުޅިގެންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *