ބޭންކް އޮފް މޯލްޑިވްސް އިން ޑިޖިޓަލް ކަންޓްރީ ޕާޓްނަރޝިޕްގެ ދަށުން ރާއްޖޭގެ އިޤްތިޞާދު ކުރިއަރުވައި އީޖާދީ ބަދަލެއް ގެނައުމަށް ކެނޑިނޭޅި ކުރާ މަސައްކަތް ފާހަގަކޮށް މާސްޓަރކާޑުން އެކަމުގެ އަގުވަޒަންކޮށްފިއެވެ.
ސިންގަޕޫރުގައި ބޭއްވި "ޑިޖިޓަލް ފައިނޭންސް ލީޑަރޝިޕް' އިވެންޓެއްގައި މި އެވޯޑް ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފާ ހަވާލުކޮށްދެއްވީ މާސްޓަރކާޑްގެ ސްރީލަންކާ އަދި ރާއްޖޭގެ ކަންޓްރީ މެނޭޖަރ، ސަންދުން ހަޕުގޮޑާއެވެ.
މި އަހަރުގެ އޮގަސްޓް މަހު މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީއާއި މާސްޓަރކާޑު އަދި ބޭންކް އޮފް މޯލްޑިވްސްއާއެކު ސޮއިކުރި "ޑިޖިޓަލް ކަންޓްރީ ޕާޓްނަރޝިޕް" އަކީ، ދިވެހިރާއްޖޭގައި ޑިޖިޓަލް ބަދަލުތައް ގެނައުމަށާއި، އީޖާދީ ކަންކަން ކުރިއެރުވުމަށް ބީއެމްއެލްއިން ވެފައިވާ ވައުދު ފުއްދުމަށް ކުރާ މަސައްކަތްތަކުގެ ރަމްޒެކެވެ. މި ޕާޓްނަރޝިޕްގެ ދަށުން ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ޒަމާނީ ކުރުމަށާއި، ރައްކާތެރި، އަދި ހަލުވި ޑިޖިޓަލް ޚިދުމަތްތައް ފުޅާކުރުމަށް، އަމިއްލަ ފަރުދުންނާއި، ވިޔަފާރިތަކާއި، މުޖުތަމަޢުތަކަށް އިތުރު ފުރުސަތުތައް ހޯދައިދިނުމަށް ބީއެމްއެލްއާއި މާސްޓަރކާޑް ގުޅިގެން ދަނީ މަސައްކަތް ކުރަމުންނެވެ.
"2002 ވަނަ އަހަރު މާސްޓަރކާޑުގެ ޕްރިންސިޕަލް މެންބަރަކަށް ވުމަށް ފަހު، ރާއްޖޭގެ ފައިސާ ދެއްކުމުގެ ނިޒާމަށާއި، މާލީ ދާއިރާއަށް ބޮޑެތި ބަދަލުތައް ގެނައުމަށް ބޭންކް އޮފް މޯލްޑީވްސް އާއި މާސްޓަރކާޑު ގުޅިގެން ގިނަ މަޝްރޫއުތަކެއްގައި މަސައްކަތްކޮށްފައެވެ. މިގޮތުން، އީޖާދީ 'ސްމާޓް ސިޓީ' ހައްލުތަކުގެ ތެރެއިން، ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގައި ފައިސާ ދެއްކޭނެ ހާއްސަ އިންތިޒާމެއް ހަމަޖެއްސުން ހިމެނެއެވެ." ބީ.އެމް.އެލް އިން ބުންޏެވެ.
"މާސްޓަރކާޑްގެ ފަރާތުން މި އެވޯޑް ލިބުމަކީ، ސްޓްރެޓީޖިކް ޕާޓްނަރޝިޕްތައް ބިނާކޮށް، ޓެކްނޮލޮޖީއާއި އެއްބާރުލުމުގެ ބޭނުންކޮށްގެން އީޖާދީ ޑިޖިޓަލް ހައްލުތައް ހޯދައި ރާއްޖޭގެ އިޤްތިޞާދާއި ޓެކްނޮލޮޖީ ކުރިއަރުވަން ބޭންކުން އަދާކުރާ އިސް ދައުރުގެ ހެއްކެކެވެ."



advertisment

